ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގެސްޓް ހައުސް ވިޔަފާރި

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދެ މިލިއަން ޔޫރޯ

Aug 17, 2021

ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުމަށް އެހީއެއްގެ ގޮތުގައި ގެސްޓްހައުސްތަކާއި ސަފާރީތަކަށް ހިލޭ އެހީގެ ގޮތުގައި ބަހަން، ދެ މިލިއަން ޔޫރޯ- 2.3 މިލިއަން ޑޮލަރު- ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ އެހީއެއް އީޔޫ އިން ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޓޫރިޒަމްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިން މި ދެ މިލިއަން ޔޫރޯ ބޭނުން ކުރާނީ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ކަމަށެވެ.

އީޔޫ އިން ދެ މިލިއަން ޔޫރޯގެ މި އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުވެސް ބައިވެރިވި އެވެ.

ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ވިޔަފާރިއަކީ ގެސްޓްހައުސްތަކެވެ. މި ސިނާއަތަށް ލިބުނު ގެއްލުން 30 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. އަދި ސަފާރީތަކަށް ލިބުނު ގެއްލުން މިހާތަނަށް ބެލިފައެއްވެސް ނެތެވެ.