ވަޅި ހެރުން

ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްފި

Dec 27, 2015
1

ފޭރުމުގެ ހާދިސާއެއްގައި ރޭ ހެންވޭރު އަޑިޕާކު ސަރަހައްދު ކައިރިން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މި ހަމަލާ ދީފައި ވަނީ ރޭ 9:45 ހާއިރު އެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ހުރި ބިދޭސީއެއްގެ އަތުގައި އޮތް ފޯނެއް ފޭރިގަންނަން ބަޔަކު ރޭ މަސައްކަތްކޮށް އެމީހާއަށް ތޫނުއެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ.

ބިދޭސީ އެމީހާއަށް ހަމަލާ ދިނީ ފޯނެއް އައިސްގެން ދުރައްޖެހިލި ވަގުތު އެވެ. ނަމަވެސް ފުލުހުން ބުނީ ބިދޭސީމީހާއަށް ހަމަލާ ދިން ބަޔަކު އެއްވެސް މީހަކަށް ސާފު ނުވާ ކަމަށާ، އަނިޔާ ލިބުނު މީހާއަށްވެސް އެއިން މީހަކު ވަކިކުރަން ނޭނގުނު ކަމަށެވެ.

ސެނަހިޔާގައި ފަރުވާ ދީފައިވާ ބިދޭސީ މީހާއަށް ލިބުނު ޒަހަމްތައް ސީރިއަސްއެއް ނޫނެވެ. ނަމަވެސް ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.