ފޭރުން

ބިދޭސީއަކު ޒަހަމްކޮށްލައި ފޭރިގެންފި

Jan 3, 2021
1
ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރި ވަނީ
0%
0%
100%

ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކޮށްލައި އޭނާގެ އަތުން ފޭރިއްޖެ އެވެ.

ފުލުހުން މިރޭ ބުނީ މައި ސިޓީގެ ހުޅުމާލޭގައި ބިދޭސީއަށް ހަމަލާ ދީ އޭނާގެ ފޯނާއި ވޮލެޓް ފޭރިގެންފައި ވާއިރު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ހަމަލާއަށް ފަހު އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އެއް ފައި ބިނދިފައިވާ ކަމަށް ވެއެވެ.

ފުލުހުން އާދަވެ ބުނާ ގޮތަށް މިރޭ ވެސް ބުނެފައި ވަނީ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހިސް

ސޭޑް😞

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345