ލައިފްސްޓައިލް

ރޯދަމަހު ސިއްހަތަށް ފައިދާވާ ގޮތަށް ކެއުން ގެންގުޅޭނެ ގޮތް!

ރޯދައަށް ހުރުމުން ހެޔޮ ދަރުމަ އާއި ސަވާބު ލިބުމުގެ އިތުރުން ސިއްހަތަށް ވެސް ގިނަގުނަ ފައިދާތައް ލިބެ އެވެ. ނަމަވެސް ސިއްހަތަށް އެދެވޭ ފައިދާ ލިބޭނީ އަދި ރޯދަޔަށް ހުންނައިރު އެހާ ބޮޑަށް ވަރުބަލިކަން އިހްސާސް ނުވާނީ އެކަށީގެންވާ ގޮތަކަށް ކެއުން ބެހެއްޓިގެންނެވެ.
ރޯދަ ވީއްލާ ގަޑީގައި މާ ގިނައިން ކެއުމާއި ރޯދަ ވީއްލުމާއި ހާރު ކެއުމާ ދެމެދު އެކަށީގެންވާ ވަރަށް ފެން ނުބޯނަމަ ސިއްހަތަށް ލިބޭ ގެއްލުން ވެއެވެ. ނުވަތަ އެމީހެއްގެ ގައިގައި ކުރިއްސުރެ ހުރި ސިއްހީ މައްސަލައެއް އިތުރަށް ބޮޑުވާން ދިމާވެ އެވެ.

ހާރުކަނީ ދުވާލު ހަތަރުދަމު ގައިގެ ވަރު ދެރަނުވެ ހަށިގަނޑު ހިފެހެއްޓުމަށެވެ. ވީމާ ހާރަށް ކާން ޖެހޭނީ ވަރަށް ފައިދާ ހުރި ކާނާ އެވެ.

އިންޑިޔާގެ މުމްބައިގެ ސީނިއާ ކްލިނިކަލް ނިއުޓްރިޝަނިސްޓް ޑރ. ވަރްޝާ ގޯއީ އެ ގައުމުގެ ނޫހެއްގައިވާ ލިޔުމެއްގައި އަލުން ބެލެންސް ކޮށްލާށެވެ. އެހެންކަމުން ރޯދަ ވީއްލާ ގަޑީގައި ވިހާވެސް ގިނަ ބާވަތެއްގެ ފައިދާހުރި ކާނާ ކެއުން މުހިއްމެވެ.

މީގެ ތެރޭގައި ތަރުކާރީ އާއި ހޯލް ގްރެއިން، ނަޓްސް، މޭވާ އަދި ޑައިރީ ޕްރޮޑަކްޓްސް ހިމެނޭ ފުޑް ގްރޫޕްތަކުގެ ކާނާތައް ހިމެނެން ވާނެ އެވެ. ޑރ. ވަރްޝާ ވަނީ ރޯދަ ވެރިން ކެއުމުގައި ގެންގުޅެން ޖެހޭނެ އާދަތަކާއި ގެންގުޅުން ރަނގަޅު ނޫން އާދަތައް ވެސް ކިޔައިދެއްވާފަ އެވެ.

ގެންގުޅެންޖެހޭ ރަނގަޅު އާދަތައް

  • ރޯދަ ވިއްލުމަށްފަހު ހާރު ކެއުމާ ހަމަޔަށް ގިނައިން ފެން ބުއިން
  • ހާރަށް ބެލެންސް ކެއުމެއް ކެއުން
  • ރޯދަ ވީއްލާ ގަޑީގައި ހޫނު ބުއިންތައް ބުއިން
  • އޯޓްސް އާއި ހޯލް ގްރެއިން ސީރިއަލްސް ކެއުން
  • ބްލެކްސީޑް އާއި މާމުއިކޮޅެއް އެއްކޮށްލައިގެން ކެއުން
  • ކެއުމުގައި ފައިދާހުރި ސްނެކްސްގެ ތެރޭގައި ހިމެނޭ އާމަންޑް، ވޯލްނަޓްސް، އޮލިވްސް، އެވަކާޑޯ ހިމެނުން. އަދި ޕްރޮޓީންގެ ތެރޭގައި ހިމެނޭ ކިރު، ޔޯގަޓް، ބިސް، މުގުގެ ބާވަތްތައް، ބަދަނުގެ ބާވަތްތައް ހިމެނުން. އަދި ވިޓަމިންސް އާއި މިނަރަލްސް ލިބޭ ކަދުރު، ޖަގްރީ، މޭވާ، ތަރުކާރީ، ނަޓްސް، ސީޑްސް ހިމެނޭ ކާނާ ކެއުން

ނުރަނގަޅު އާދަތައް

  • ސިންތެޓިކް އަދި އާޓިފިޝަލް ކޯލްޑް ޑްރިންކްސް ބުއިން
  • ރޯދަ މަހު ޑައެޓް ނުކުރާށެވެ. އަދި ސަރުބީ އެކުލެވޭ ކާނާ ވެސް އެކަށީގެންވާ ވަރަށް ކާށެވެ
  • ރޯދަ ވީއްލާ ގޮތަށް މާ ފިނި އަދި މާ ހޫނު އެއްޗެތި ނުބުއިން
  • ރޯދަ ވީއްލާ ގަޑީގައި ތެޔޮ ގިނައިން އެކުލެވޭ އަދި ތެއްލާފައި ހުންނަ އެއްޗެހި ނުކެއުން
  • މާގިނައިން ފެޓްސް އެކުލެވޭ އަދި ގިނައިން ކެލޮރީ އެކުލެވޭ ކެއުންތަކާ ދުރުވުން
  • ރިފައިން ކޮށްފައި ހުންނަ ކާނާ އާއި ޕްރޮސެސް ކޮށްފައި ހުންނަ ކާނާ އަދި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ ނުކެއުން

މުމްބައިގެ އެޕޯލޯ ސްޕެކްޓްރާ ހޮސްޕިޓަލުގެ ޑައިޓީޝަން ވެސް ހަމަ މި ލިޔުމަށް މައުލޫމާތު ދެއްވަމުން ރޯދަ ހިފާއިރު ކެއުން ގެންގުޅޭނެ ގޮތުގެ އިރުޝާދުތައް ދީފައި ވެއެވެ. އޭނާގެ އިރުޝާދުތަކުގެ ތެރޭގައި ހިމެނޭނީ:

- ރޯދަޔަށް ހުންނައިރު ގައިން މަދުވާނެތީ ރޯދަ ވީއްލުމަށް ފަހު ހާރު ކެއުމާ ދޭތެރޭ ގިނައިން ފެން ބުއިން
- ރޯދަ ވީއްލައިގެން ނުވަތަ ހާރުކެއުމުގައި ކަރާ ކެއުން. އޭރުން ހަށިގަނޑުން ފެން މަދު ނުވެ ހިފެހެއްޓޭނެ
- ކެފެއިން އެކުލެވޭ ބުއިންތަކުގެ ތެރޭގައި ހިމެނޭ ކޮފީ އާއި ސައި އަދި ކޯލާ ފަދަ އެއްޗެތި ބުއިން ވީހާވެސް މަދުކުރުން. ސަބަބަކީ ކެފެއިން ގިނައިން ހުންނަ އެއްޗެތި ބުއިމުން ދުވާލު ގަޑީގައި ކުޑަކަމުދެވޭލެއް އިތުރުވެ ގައިން ފެން މާ ބޮޑަށް ފެންމަދުވާނެ އެވެ.
- ފިޒީ ޑްރިންކް ނުބުއިން
- ހަށިގަނޑަށް ރަނގަޅަށް ހަކަތަ ލިބޭ ކަހަލަ ކާނާ ޚިޔާރުކުރުން. ތަރުކާރީ އާއި މޭވާގެ ތެރޭގައި ހިމެނޭ ކިއުކަމްބާ އާއި ޓޮމާޓޯ، ބީންސް، ޗިކްޕީސް އަދި މުގު ކެއުން ގިނަ ކުރުން
- ލޯ-ފެޓް ޑައިރީ ޕްރޮޑަކްޓްސް ބޭނުންކުރުމާއި އެވަކާޑޯ، ނަޓްސް، އޮލިވްސް ކެއުން.

މީގެ އިތުރުން ރޯދަ ވީއްލާ ގަޑީގައާއި އެނޫންވެސް ގަޑި ގަޑީގައި ކާއިރު ބަނޑަށް އުނދަގޫވާ ވަރަށް ނުކެއުމަށް ވެސް ނިއުޓްރިޝަނިސްޓުން އިރުޝާދު ދެއްވާފައި ވެއެވެ