AVAS PHOTO ESSAY

ކަށިފައްޗާބޮލާ ބިހާމެޔާ ލަގޮނޑި

ވިއްކަން މާރުކޭޓްގައި ބަހައްޓާފައި ހުރި ބިހާއި ލަގޮނޑި އަދި ބަނޑާއިދޫ

ކެއިއުން ބުއިމުގައި ދިވެހިންނަށް މަހާއި ބިހާއި ލަގޮނޑި އާއި ބަނޑައިދޫ ފަދަ ބާވަތްތަކަކީ ވަރަށް މީރު ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ ބާވަތްކަކެވެ. ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއެކު މަސްވެރި ކަމުގެ ތެރެއިން މަހާއި ބިހާއި ލަގޮޑި ލިބުމަކީ މިހާރު އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. މާލޭގެ މަސް މާރުކޭޓްގައި މާރުކޭޓްުގައި މަސްކަނޑާ އަށިތަކުގައި މީހުން ދޫކޮށްލާފައިވާ ދާ މަހާއި ބިހާއި ލަގޮނޑި އާއި ބަނޑައިދޫ މަސްކަނޑާ މީހުން އެއްކޮށް ޕޭކްޖް ކުރުމަށް ފަހު ވިއްކަން ބަހައްޓާފައި ހުރެ އެވެ.

ކުރުމާއި ބޯވާ ދިލަ މަހަކީ ވެސް ކެއުމުގައި ދިވެހިންގެ ވަރަށް މަގުބޫލް ދެ ބާވަތެވެ. މާރުކޭޓްތަކުގައި ކުރުމަހާއި ބޯވާ ދިލަމަސް ކޮންމެ ދުވަހަކު ލިބޭން ނުހުންނަ ނަމަވެސް މިހާރުވެސް ވަރަށް ގިނައިން ރާއްޖޭގައި ކުރުމަސް ބާނަ އެވެ. އަދި ފަރުމަސްވެރިކަމުގައި ވަރަށް ގިނައިން ބޯވާ ދިލަމަހުގެ އެކި ސައިޒްތައް ބާނަ އެވެ. މި ދެބާވަތުގެ މަހުން މީރު ކާނާގެ އެކި ބާވަތްތައް ހަދަ އެވެ. ކުރު މަހަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް މަހެކެވެ.

ރޯދަ މަސް އައުމުން އަބަދުވެސް މަހުގެ އަގުތައް ހުންނަނީ އުފުލިފަ އެވެ. މަސް ތަދުވުމުއި އަގު ބޮޑުވުމުގެ އިތުރުން ފިނި ކުރުމަހަކީވެސް މިހާރު އަގު ހެޔޮ މަހަކަށް ނުވެއެވެ. އަދި މާރުކޭޓްތަކުން މަސް ގަނެ މަސްކަނޑާށާއި މަހުގައި ހުޅުނބު ޖަހައި ޅިޔަ އަޅާނަމަ އިތުރު އަގެއް ދޭން ޖެހެ އެވެ. މަހުގެ އަގު އަބަދު އުފުލިފައި ހުރި ނަމަވެސް މަހުގެ ބާވަތަކަކީ ދިވެހިންގެ ސުފުރާތަކަށް ކޮންމެ ދުވަހަކުވެސް މުހިންމު އަދި ހުންނަ ބާވަތްތަކެވެ.

މަހުބޯ ބާޒާރުގައި ޕޭކްގެކޮށްގެން ވިއްކާ

ގަރުދިގަ ބޮލެއް ކެއުމަކީ ވަރަށް ގަޔާވެގެން ދިވެހިން ކުރާ ކަމެކެވެ. އަދި ގަރުދިޔަ ބޮލަކީ މީރު އެއްޗެއް ވެސް މެއެވެ. މާރުކޭޓުން މަސް ގަންނަ ބައެއް މީހުން ގެއަށް ދަނީ މަސްކަނޑާ މީހުންނަށް މަހުގެ ބޯ ދޫކޮށްލާފަ އެވެ. މަސްކަނޑާ މީހުން ބޯތައް އެއްކޮށް ޕެކޭޖްކޮށްގެން ވިއްކަ އެވެ. އެހެންވެސް ހަމަ އެކަނި މަހުގެ ބޯ ގަންނަން ބާޒާރަށް ދާ މީހުން ވެސް އުޅެ އެވެ.

މާރުކޭޓްގެ އައްޓެއް މަތީގައި ބަހައްޓާފައިވާ ތާޒާ މަސްތަކެއް

ތާޒާ މަހުން އުފައްދާ ގަރުދިޔަ އާއި އެހެނިގެން ބާވަތްތައް ތާޒާކަން މަތީގައި ވަރަށް މީރެވެ. މާލޭގެ މާރުކޭޓްގައި ތާޒާ މަސް ލިބެން ހުންނަނީ ވަރަށް މަދުންނެވެ. ގިނައިން ހުންނަނީ ބޭނުމަށް ފަހު އައިސް ފޮށީގައި ބަންދުކޮށް ފިނިކޮށްފައި ހުންނަ މަހާއި އައިސް އަޅައިގެން ވިއްކަން ބަހައްޓާފައު ހުންނަ ތާޒާކަން ގެއްލިފައިވާ މަހެވެ.

ޅިޔަ އަޅައި ފިހަން ތައްޔާރުކޮށްފައިވާ ފަރުމަސް ތަކެއް
ޅިޔަ އަޅައި ފިހަން ތައްޔާރުކޮށްފައިވާ ރިއްމަސްތަކެއް

މަހެއް ފިހެލުމަކީ އަދި ފިހުނު މަހަކީ ހުރިހާ ދިވެހި ސުފުރާއެއްގައި ވެސް ވަރަށް މުހިންމު އެއް ބާވަތެވެ. ފަރުމަސް ބޭނުމަށް ފަހު ސާފުކޮށް ހުޅުނބު ޖަހައި ޅިޔައި އަޅައި ވިއްކަން ބާޒާރުގައި މީހުން ތިބެ އެވެ. ލޮނު. މިރުސް އަޅައި ފިހެލަން ތައްޔާރުކޮށްފައި ހުންނަ އެފަދަ މަހަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބެ އެވެ. ރޯދަ މަސް ފަދަ މަސްތަކުގައި މަސް ފިހުން ގިނަ އެވެ. އެހެންވެ އެއީ ވަކި ވިޔަފާރިއަކަށްވެސްފައި ވެފައި ވެއެވެ.

މާލޭގެ މަސްމާރުކޭގައި ވިއްކަން ބަހައްޓާފައި ހުރި ކަށިފަތިތަކެއް

މާލޭގެ މަސް މާރުކޭޓްގައި ކަށިފަތި ވަކީން ވިއްކަން ބަހައްޓާފައި ހުރެ އެވެ. މަސްކަނޑާއިރު ބާކީވާ ކަށިފައްޗަކީ ގަރުދިޔައި ވަރަށް މީރު އެއްޗެކެވެ. އަދި ކަށިގފަތީގެ މަސްކޮޅާއި ކަށިފަތީގައި ހިމެނޭ އެހެން ބައިތަކާ އެކުވެފައިވާ ތަކެއްޗަކީ ވަރަށް މީރުކޮށް މީހުން ކައި އުޅޭ އެއްޗެއް ނަމަވެސް މިހާރު ކަށިފައްޗަކީ އަގު ބޮޑުކޮށް ގަންނަން ޖެހޭ އެއްޗެކެވެ.

މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ފަރުމަސްތަކެއް
މީހަކު މާރުކޭޓްގައި މަސް ވިއްކަނީ

އަބަދުވެސް ފަރުމަހުގެ ބާވަތްތަކަކީ އަގު ހުންނަ އަދި މަދު ލިބޭ އެއްޗެކެވެ. މާލޭގެ މާރުކޭޓްތަކުގައި ވެސް ފަރުމަސް ލިބެން ހުންނަނީ ވަރަށް މަދު ބާވަތެއް އަދި ވަރަށް މަދުންނެވެ. ފަރުމަސް ވެރިކަން ކުރާ މީހުން ގިނަ ނަމަވެސް އެމީހުންގެ ވިޔަފާރި ބޮޑަށް އަމާޒުކޮށްފައި އޮންނަނީ މާލެއާ ކައިރި ރިސޯޓްތަކަށެވެ. އެހެންވެ މާލޭގެ މާރުކޭޓްތަކަށް މަސް އަރުވަނީ މަދުންނެވެ.