އިސްލާމިކް ޔުނިވާސިޓީ

ރޯދަ މަހު މިސްކިތްތަކުގައި ގުރުއާން ކްލާސްތަކެއް

Apr 3, 2022

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގުރުއާން ކުލާސްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭ ހިމެނޭ ގޮތަށް 11 މިސްކިތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ "ޙަލަޤާ"ގެ ނަމުގަ އެވެ.

އައިޔޫއެމް އިން ބުނީ ގުރުއާން ދަސްކޮށްދޭ ޕްރޮގްރާމް ކުރިއަށް ގެންދާނީ ރޯދަ މަހުގެ ކޮންމެ އަސްރު ނަމާދަކަށް ފަހު ކަމަށެވެ. މި ޕްރޮގްރާމްގައި ގުރުއާން ތަޖުވީދު މަގަށް ކިޔަވަން ބޭނުންވާ މީހުންނަށް ޤާރީއަކާ އެކު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގުރުއާން ޕްރޮގްރާމް ކްލާސްތައް ކުރިއަށް ގެންދަން ތާވަލްކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.
އާންމުކޮށް އެންމެންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގަ އެވެ.