ސިއްހަތު

ކުވެއިތު ފަންޑުން ގިނަ ހޮސްޕިޓަލް ތަކެއް އަޅައިދެނީ

Apr 6, 2022
3

ކުވެއިތު ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެއް ފަހަރާ ގިނަ އަދަދެއްފެ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ އެހީގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދަން ނިންމާފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުންނެވެ.

ހޮސްޕިޓަލް އަޅާ ރަށްތައް

  • ހދ.ހަނިމާދޫ
  • ށ.މިލަންދޫ
  • ނ.ވެލިދޫ
  • ކ. ތުލުސްދޫ
  • އދ. މާމިގިލި
  • ވ. ފެލިދޫ
  • ތ. ވިލުފުށި

ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހެ އެވެ. މި މަސައްކަތް ކުރަން ކުރިމަތިލާ ފަރާތްތަކުން ބީލަށް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިންނެވެ.

ހެލްތް މިނިސްޓްރީން ވަނީ ]ޓާޝަރީ ގިނަ ހޮސްޕިޓަލް ތަކެއް](https://avas.mv/114651) އަޅަން ނިންމާފައިވާ ކަމަށްވެސް އިއުލާނުކޮށްފަ އެވެ. އމީގެ ތެރޭގައި 30 އަދި 50 އެނދުގެ ހޮސްޕިޓަލްތަކާއި ޓާޝިއަރީ ހޮސްޕިޓަލްތައް ހިމެނޭ ކަމަށް ރައްޔިތުން މަޖިލީހުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވެ އެވެ. އަދި އޭގެ ކުރީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނާނެ ހޮސްޕިޓަލްތަކުގެ ފަރުމާތަކެއްވެސް ސަރުކާރުން އާއްމު ކުރި އެވެ.