މަސްވެރިން

ދެކުނަށް މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ބޮޑު ލޯޑެއް

Apr 6, 2022

ރޯދަ މަސް ފެށުނު ހިސާބުން ރާއްޖޭގެ މަސްވެރިކަން ދިޔައީ ރަނގަޅުވަމުންނެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެ އެވެ. މިއާއެކު މި އަހަރުގެ މަސްވެރިކަން ލައްވާލުމާއެކު ސަރުކާރު މަސް ކުންފުނި، މޯލްޑިވްސް އިންޑަސްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މިވަނީ ލޯޑު ބޮޑުވެފަ އެވެ.

ވޭތުވެދިޔަ ދެ ދުވަހަށް ބަލާއިރު މިފްކޯގެ އެންމެ ބޮޑު މަސް ފެކްޓްރީ ހުންނަ ކޫއްޑޫ ފިޝަރީޒް ކޮމްޕެލްސް އާއި އައްޑޫ އަށް އެއްކޮށް 700 ޓަނާ ގާތަށް ވަނީ މަސް ކިރުވާފަ އެވެ.

ގިނަ އަދަދެއްގެ ދޯނި ފަހަރު އެއް ފަހަރާ މަސް ކިރުވަން އަންނަމުންދާތީ މިފްކޯ އިން ވަނީ ކިޔު ތަރުތީބުން މަސް ކިރުވުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.