ދުނިޔެ

ކެނެޑާގައި އިންޑިއާ ދަރިވަރެއް ގަޔަށް ބަޑިޖަހައި މަރާލައިފި

ކެނެޑާގެ ޓޮރޮންޓޯ ސަބްވޭއްގައި ބަޑިޖަހައި އިންޑިއާ ދަރިވަރަކު މަރާލައިފި އެވެ. ޓޮރޮންޓޯގެ ފުލުހުން ބުނާ ގޮތުން އޭނާ މަރުވީ ފަރުވާ ދެނިކޮށެވެ. އޭނާގެ ގަޔަށް ވަޒަންތަކެއް އަރާފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.

ކަރުތިކް ވަސުދޭވް 21، މަރާލާފައި ވަނީ ސަބްވޭގައި މީހަކު ގޮތެއް ފޮތެއް ނުބަލައި ބަޑިޖެހުމުގެ ސަބަބުން ކަމަށް އަމަން ބަލަހައްޓާ އޮފިސަރުން ބުނެ އެވެ. އެއިރު އޭނާ ދިޔައީ މަސައްކަތް ކުރަން އުޅޭ އޮފީހަށް ކަމަށް ވެއެވެ.

ބަޑިޖެހި މިހާއާ ބެހޭ ސައްހަ މައުލޫމާތު ކެނެޑާއިން މީޑިއާއަށް އަދި ހާމައެއް ނުކުރެވެ އެވެ.

އެމެޖެންސީ އޮފިސަރުން ބުނި ގޮތުން ހަމަ އެތަނުގައި އޭނާއަށް ފުރަތަމައެހީ ދެވުނެވެ. އަދި އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. އެހެން ނަމަވެސް ޓޮރޮންޓޯ ފުލުން ބުނާ ގޮތުން ހާލަތަށް އިތުރު ކުރިއެރުމެއް ނުލިބި އޭނާ މަރުވީ އެވެ.

ތަހުގީގު ޓީމުތަކުން މިހާރު ގެންނަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަމުންނެވެ. އެގޮތުން އެއިރު އެސަރަހައްދުގައި އުޅުނު ޑްރައިވަރުންނާއި ހިނގާބިނގާވެ އުޅުނު މީހުން ސީސީޓީވިން ހޯދައި އެމީހުން ސުވާލުކުރަމުން ދާކަމަށް ފުލުހުން ބުނެ އެވެ.

އިންޑިއާ ދަރިވަރަކަށް ހަމަލާއެއް އަރައި މަރުވުމަކީ ގަބޫލު ކުރަން ދަތިވި ކަމެއް ކަމަށް ކެނެޑާގައި ހުންނަ އިންޑިއާ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. އަދި ކަރުތިކްގެ އާއިލާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު އެ ހިތާމައިގައި ބައިވެރިވެ ވަޑައިގެން އާއިލާއަށް ގުޅުއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމުގައި ކެނެޑާ ފުލުންނަށް އެހީތެރިވުމަށް ވެސް ޖައިޝަންކަރު ވަނީ އެދިވަޑައިގެންފަ އެވެ.

ކެނެޑާގެ ބައެއް އަވަށްތަކަކީ ނަސްލީ އިމްތިޔާޒު ވަރަށް ބޮޑު ތަންތަނެވެ. ވަކި ގައުމެއްގެ ނުވަތަ ވަކި ދީނެއްގެ މީހުންނަށް އަމާޒުކޮށް ޖެއްސުން ކުރުމާއި ގަސްދުގައި އަނިޔާކުރުން ފަދަ ވަރަށް ދަށުދަރަޖައިގެ އަމަލުތައް ކެނެޑާގައި ހިންގަ އެވެ.