ލައިފްސްޓައިލް

އެއްވައްތަރު އެއްމާބަނޑު ތިން ބޭން ވަރަށް މަދު!

އައިޑެންޓިކަލް ޓްރިޕްލެޓްސް ނުވަތަ އެއް ސިފައެއްގެ އެއްމާބަނޑު ތިން ބޭން އުފަން ވަނީ ހާލަކުން ފަހަރަކު އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިފަދަ ކުދިން އުފަންވަނީ 200 މިލިއަނަކުން އެއް ފަހަރު އެވެ.

އިނގިރޭސި ވިލާތުގެ ލިވަޕޫލް ދެމަފިރިއަކަށް މިދިޔަ އަހަރު މި ކަހަލަ ތިން ބޭން ލިބިފައި ވެއެވެ.

އެމީހުންނަށް ލިބެން އުޅޭ ދަރިންނަކީ ވަރަށް މަދު ހާލަތެއްގައި މެނުވީ އުފަންވާތަން ނުފެންނަ ކަހަލަ ތިން ބޭން ކަމަށް ޑޮކްޓަރުން ގިނާ ޑިއުޑްނީ އާއި ފިރިމީހާ ކްރެއިގް ކައިރީގައި ބުނި ދުވަހު އެ ދެމަފިރިންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނެވެ. އެއްވެސް ފަރުވާއެއް ނުހޯދައި ގުދުރަތީ ގޮތުން ބަލިވެ އިނދެ ވިހޭ މި ކުދިން އުފަން ވުމަށްފަހު ހަ ހަފުތާ ވަންދެން ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާ ދީފައި ވެއެވެ.

ޖިމީ، ޖެންސަން އަދި ޖެކްސަންގެ ފުރަތަމަ އުފަން ދުވަސް ފާހަގަ ކުރި އުފާވެރި ދުވަހާ ގުޅުވައިގެން ގިނާ ބުނާ އެތަކެއް ރޭގެ ނިދި މަހްރޫމްކުރަން ޖެހުނަސް ތިން ބޭން ބޮޑުވާތަން ފެނުމުން އެ ލިބޭ ހިތްހަމަޖެހުން މާ ބޮޑު ކަމަށެވެ.

"ހުރިހާ ވަޒީފާތަކެއްގެ ތެރެއިން ވެސް މަންމައެއްގެ ވަޒީފާ އަކީ އެންމެ ބުރަ ވަޒީފާ. ނަމަވެސް މި ވަޒީފާގައި ލިބޭ ހިތްހަމަޖެހުން ބޮޑު،" ގިނާ ބުންޏެވެ.