ލައިފްސްޓައިލް

ބައިވެރިޔަކު ނުވާނަމަ ހަޔާތް ވަރަށް ފޫހި!

ޝަކުވާތަކައި ފުރައްސާރައިން ދުރުވާން ޒުވާނުން ޗިލް، ބޮލަށްފަސޭހަ ދިރި އުޅުމެއް އުޅެން އެކަނިމާއެކެނި އެޅޭތަން ފެނެ އެވެ. މީހަކާއި އިނުމުން ޒިންމާތައް ގިނަވެ އަދާކުރާ ވަޒީފާއިން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިދާނެތީ ކައިވެނި ކުރަން ބަހަނާ ދައްކާ މީހުން ވެސް ވަރަށް ގިނަ އެވެ.

"ފުރިހަމަ ބޭނުންވާ ބައްޓަމަށް ހުންނަ ގެވެހި، ނުވަތަ އެކަށީގެން ނުވާ މާ ހިކި، މާ ފަލަ، އިންނަވަރުގެ މީހެއް ނޫން" މިއީ އަޑުއިވި ބާވެފައި ހުންނަ ބަހަނާ އެވެ. މިނޫން އިތުރު ބަހަނާތަކެއް ހޯދަން ޖެހެއެވެ. އެކަށީގެންވާ ފިރިއެއް ނޫނީ އަންބެއް ހޯދަން ދުވަސްތައް ބޭކާރު ކޮށްލުމުގެ ބަދަލުގައި ތިމާ މީހާގެ ހުރީ ކޮން އުނި ސިފަތަކެއްތޯ ދެނެގަނެ އެކަންކަން ރަނގަޅު ކުރުން މާ ރަނގަޅު ވާނެ އެވެ.

ވަރަށް ސަކަ މަޖާ ޗިލް ލައިފެއް ލިބިދާނެ އެވެ. "ސައިޒް އެންޑް އޭޖް ޑަސްންޓް މެޓާ" އޭ ބުނާއިރު، ހަޔާތުގައި ބައިވެރިޔަކު ނުވާނަމަ އެއީ ވަރަށް ބޮޑު ފޫހި ކަމެކެވެ. ލޯބިން އެކުގައި އުޅޭނެ ބައިވެރިއެއް ނުލިބުމުން އަދި މަޑުކޮށްލާ ކޮށްލުމުގައި ނިއުމަތްތަކުން ވާނީ މަހުރޫމެވެ.

ޅައުމުރުގައި ކުރާ ކައިވެނިތައް ރޫޅެން ދިމާވާ އެއް ސަބަބަކީ އެކަކު އަނެކަކަށް ގޮތް ދޫނުކުރުމައި ދިރިއުޅުމުގަ ދިމާވާ ކަންތަކާއި މާބޮޑަށް މަޔޫސް ވުމުން ނޫޅެވޭނެ ކަމަށް ބަލައި ނިންމާއި ނިންމުންތަކެވެ. ބައެއް މީހުން ޅަ އުމުރުގައި ކުދިން ލިބުމުން މަހުރޫމް ވުމުން ކައިވެނި ކުރި ބައިވެރިޔާ ދޫކޮށްލަ އެވެ. ދަރިން ނުލިބޭ މީހެއްގެ ގޮތުގައި ބަލާފަ އެވެ. ނަމަވެސް އެމީހާ އެހެން މީހަކާއި އިނުމުން ކުދިން ލިބޭ ފަހަރު ވެސް މަދެއް ނޫނެވެ.

ކުރާ ކައިވެނި ތަކަކީ އަރަގެން ދުއްވާ އުޅަނދުތައް ފަދައިން ހަލާކުވުމުން ރެޕެއާ ކޮށްގެން ދުއްވޭނެ އެއްޗެއް ނޫނެވެ. ވީމާ ކުރާ ކަމެއް ކުރަންވަނީ ވަރަށް ވިސްނާފަ އެވެ. ވަރި ކުރަން ވާނީ ވެސް އިތުރު އެހެން ގޮތެއް އޮތްތޯ ބަލާ ހޯދުމަށް ފަހުގަ އެވެ.
ލޯބި ދީގެން އެކީ އުޅޭނެ މީހުން ލިބޭނީ ވަރަށް މަދު ބަޔަކަށެވެ. ކޮނޑުގައި އޮތް ފުރޯ ކަމުނުގޮސްގެން އެއްލާލައިފައި އަލުން އާ ފުރޯއެއް ހޯދުމުގެ ބަދަލުގައި އެ ފުރޯ ތޫނުކޮ ށްލުން ރަނގަޅުވާނެ އެވެ. ވަރި ވުމަކީ ނޫނީ ވަރި ކުރުމަކީ ހުރިހާ ފަހަރެއްގަ ހައްލެއް ނޫނެވެ.