ތިލަފުށި

ތިލަފުށި ބިން ހިއްކައިދޭނެ ބަޔަކު ހޯދަނީ

Apr 15, 2022
ތިލަފުށި. އެރަށުގެ ބިން ހިއްކައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި
0%
0%
100%

މާލެއާ ކައިރީގައިވާ ސިނާއީ ރަށް -- ތިލަފުށީގެ ބިން ހިއްކައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ތިލަފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

ތިލަފުށި ހިންގަމުން ގެންދާ އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަޝްރޫއު ބަޔަކާ ހަވާލުކުރުމުގެ ކުރިން އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުގެ މާލީ އަދި ފަންނީ ގާބިލްކަމާއި މަޝްރޫއު ނިންމާނެ ކަމަށް ބުނާ މުއްދަތާއި އަގަށް ބަލާނެ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އެއީ މިހާރު ކުނި އަޅައިގެން ހިއްކާފައިވާ ރަށުގެ ބޮޑުމިނަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ތިލަފުށީގެ މިހާރުގެ ބޮޑު މިނަކީ ގާތްގަނޑަށް 4.6 މިލިއަން އަކަފޫޓެވެ.

އެޗްޑީސީން ބުނީ އަލަށް ހިއްކާ ސަރަހައްދުން ވެސް މިހާރެކޭ އެއްގޮތަށް ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރާނެ ކަމަށެވެ. އަދި ކުދި ވިޔަފާރިތަކަށް ވެސް ތަފާތު ބޭނުންތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ޖަމާކޮށްފައިވާ ބޮޑެތި ވެލި ފުނިތައް ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއުގައި ބޭނުންކުރަން ވެސް އެޗްޑީސީން ނިންމާފައިވެ އެވެ. އެގޮތުން ހުޅުމާލޭ ފޭސް ދޭއްގައި އެކަނި ވެސް ފަސްލައްކަ ކިއުބިކް މީޓަރުގެ ވެލި ބަހައްޓާފައިވެ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހަތް ކިލޯ މީޓަރު ދިގު އަދި 200 މީޓަރު ފުޅާ ތިލަފަޅު ޖެނުއަރީ 7، 1992 ގައި އެންމެ ފުރަތަމަ ހިއްކީ ކުނި އަޅައިގެންނެވެ. އޭގެފަހުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް ތިލަފުށީގެ ފަޅާ ގުޅިފައިވާ ބައެއް ހިއްކާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345