މަސްތުވާތަކެތި

ބަނގުރާފުޅިއަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި

Dec 30, 2015

ވިލިމާލޭގެ ގެސްޓްހައުސް އަކުން ބަނގުރާފުޅިއަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެކެވެ. މި އެންމެން ހައްޔަރު ކުރީ އިއްޔެ ވިލިމާލެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިންނެވެ.

ބަނގުރާފުޅި ފެނިފައިވަނީ ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރި ތެރެއިންނެވެ.