ހަބަރު

މަސްތުވެގެން ތިބޭ މީހުންގެ 89 މައްސަލައެއް

Dec 14, 2019
2
މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީ ތިބި ބަޔަކު --
60%
0%
40%

މަސްތުވާތަކެތި ބޭނުންކޮށްގެން ތިބޭ މީހުންނާ ބެހޭ 89 މައްސަލައެއް އެއް މަސް ތެރޭގައި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި ފަހަކަށް އައިސް މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ތިބޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މަސްތުވެގެން ހުރެ މާލޭގެ އެތަން މިތަނުގައި ބިތްޖެހިފައި ތިބޭ ގިނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ މަސްތުވެގެން ތިބޭ މީހުންގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިިދިޔަ މަހު 3 އަކުން ފެށިގެން މިދިޔަ ހަފްތާ ހޮނިހިރު ދުވަހާ ހަމަޔަށް މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަސްތުގެ ހާލުގައި ތިބޭ މީހުންގެ 89 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މަސްތުވާތަކެއްޗާ ގުޅޭ 165 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކަށް ވުރެ އިތުރު އަދަދެކެވެ. އޭގެ އިތުރުން މި މަސް ތެރޭގައި މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 99 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ފުލުހުން ގެންދަނީ މާލެ އާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސްތުވާތަކެއްޗާ ބެހޭ ބޮޑެތި އޮޕަރޭޝަންތައް ހިންގައި މަސްތުވާތަކެއްޗާއެކު އެތަކެތި ބޭނުން ކުރާ މީހުން ހައްޔަރު ކުރަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނާހިލް

މި ސަރުކާރު އައިފަހުން މިނޫން ކަމެއް އޮވޭތަ

ޝަމީމް

މަސްތުގެ ހާލުގައި ހުރިކަމަށް ތުހުމަތު ކުރެވުމުން 23 ގަޑިއިރު ކޮށްފަ ހައްޔަރުން ދޫކޮށްލުމުން އެކަން ކުރާމީހާ އެކަން ހުއްޓާނެތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345