މޯލްޑިވްސް ޕޮލިސް ސާވިސް

ބަނގުރާ ދަޅުތަކަކާއެކު ބަޔަކު ހައްޔަރުކޮށްފި

Jun 27, 2021

ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލެއިން ޓެކްސީއެއް ބަލައި ފާސްކޮށް ބަނގުރާ ދަޅުތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ރޭ 12:10 ގައި ކަމަށް ވެސް ބުނެ އެވެ. އެ ޓެކްސީ ބަލައި ފާސް ކުރިއިރު 48 ދަޅު ބަނގުރާ ވަނީ ފެނިފަ އެވެ.

ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް މައުލޫމާތު ލިބުމުން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މީގެ ކުރިން ވެސް ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ކާރެއްގެ ތެރެއިން ހޯދާފަ އެވެ. ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުން ނެވެ. މިސްކިތް ތަކުގައި މަސްތުވުމާއި ޑްރަގު ފޮރުވުމުގެ މައްސަލަތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ.