ހަބަރު

އެ ކިލޯ ޑްރަގާއެކު ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

Aug 23, 2020
އެއްކިލޯ އަށް ވުރެ ގިނަ ޑުރަގާއެކު ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް
0%
0%
0%

އެއް ކިލޯއަކަށްވުރެ ގިނަ މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފި އެވެ. އެއީ މާލޭގެ ގެއަކުން ހައްޔަރު ކުރި މީހެކެވެ.

ފުލުހުންގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށް ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓި ގދ. ތިނަދޫ، ކަސްތޫރީގެ، އައިމަން އަހުމަދު 27، އެވެ. އެ އަމުރުކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު އެ މީހާ އަތުން ފެނުުނު މަސްތުވަތަކެތީގެ ބަރުދަނުގައި 1.16 ކިލޯގްރާމް ހުރި ކަމަށެވެ.

މި މީހާއަކީ 17 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ހައްޔަރު ކުރި މީހެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345