މަސްތުވާތަކެތި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 85 ސެލޯފިންކޮޅާއެކު ކުޑަކުއްޖަކު ވިލިމާލެ އިން ހައްޔަރުކޮށްފިއެވެ. ހައްޔަރު ކުރީ 15 އަހަރުގެ ފިރިހެން ކުޑަކުއްޖެކެވެ.

އެ ކުއްޖާ ފުލުހުން ހައްޔަރުކޮށްފަިއވަނީ އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހަވީރު އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. ފުލުހުން ބުނީ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ފާހާނާ ތަޅުންގަނޑު މަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާއިރު އެޕާޓްމަންޓްގެ ސިޓިންރޫމްގައި ހުރި ޓީވީރެކް ކައިރިން ފެނުނު ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނުނު ކަމަށެވެ. އަދި އައިސްއަލަމާރި ދަށުން ފެނުނު ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 74 ސެލޯފިންކޮޅު ފެނުނު ކަމަށެވެ.