އެމްޑީޕީ

ކޮންމެ ކަމަކަށް އާދެ ލައްބަ ނޫން ގޮތެއް ހޯދަންޖެހޭ: އިއްސެ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ގެނަން ޖެހެނީ ކޮންމެ ކަމަކަށް އާދެ ލައްބަ ނޫން ގޮތެއް ހޯދުމަށް ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްލާމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވީ ލީޑަރުންގެ މެދުގައި ތަފާތު ހިޔާލަށް މަޝްވަރާގެ އުއްމީދު އުފަންނުކޮށް އެމްޑީޕީއަށް ރަނގަޅެއް އުފަން ކުރެވެން ނެތް ކަމަށެވެ. އަދި އެކަން ގަބޫލުކުރާ މެމްބަރުންގެ އަދަދު މިއަދު އިތުރުވެއްޖެ ކަމަށެވެ.

"ކޮންމެ ކަމަކަށް އާދެ ލައްބަ ނޫން ގޮތެއް ހޯދުމަށް އެއްމެންގެ ފާހަގަ ދެއަކަށް ޖައްސަވާ،" ފައްޔާޒަށް ވޯޓް ދެއްވުމަށް އެދި އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލްގެ ނުސީދާ ފާޑުކިޔުން އަމާޒު ކުރައްވާފައި މިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެއެވެ. މި ފަހުން އިސްމާއީލް ގެންދަވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީ އަށް ރަނގަޅު ގޮތް ނިންމާނީ "މާ ގަދަ ވަކި އެކަކެއް ނޫން" ކަމަށް ވިދާޅުވެ އިސްމާއީލް ދާދި ފަހުންވެސް ނަޝީދަށް ރައްދު ދެއްވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު "ފެތެމުންދާ" ކަމަށް ވިދާޅުވެ އެމްޑީޕީން މި ސަރުކާރާ ފެއަށް ޖެހެން ނަޝީދު ވަނީ ގޮވާލައްވާފައެވެ. ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެެވެ. ނަޝީދުގެ މެސެޖުގައި ވިދާޅުވީ މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ.

މި ސަރުކާރަކީ އެމްޑީޕީ އެކަނި އޮވެ ހިންގާ ސަރުކާރެއް ނޫން ކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަން ސަރުކާރަކަށް ވާތީ ކަމަށެވެ. 

އެމްޑީޕީ އަށް ރަނގަޅު ގޮތް ނިންމާނީ މާގަދަ ވަކި އެކަކެއް ނޫން. އަދި މި ޕާޓީ އޮންނާނެ ތަން ނިންމާނީވެސް މި ޕާޓީގެ އާއްމު މެންބަރުގެ އިތުރުން މި ޕާޓީގެ ގައުމީ މަޖިލީސްގެ އަގުލަބިއްޔަތުން. ހަސަދައާ ނަފުރަތާ ބަދު ބަސްތަކުގެ ބުރަހެލިކަމުގެ މެދުން ނޫރާނީ މަލެއް ނުފޮޅޭނެ
އިސްލާމީލް އަހުމަދު | ދުވާފަރު ދާއިރާގެ މެންބަރު

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިސްމާއީލް ވިދާޅުވީ އެމްޑީޕީ އޮންނާނެ ތަން ނިންމާނީވެސް ޕާޓީގެ އާއްމު މެންބަރުގެ އިތުރުން ޕާޓީގެ ގައުމީ މަޖިލީސްގެ އަގުލަބިއްޔަތުން ކަމަށެވެ. އަދި އެމްޑީޕީ އަށް ރަނގަޅު ގޮތް ނިންމާނީ "މާ ގަދަ ވަކި އެކަކެއް ނޫން" ކަމަށް ވިދާޅުވެ ނަޝީދަށް ރައްދު ދެއްވިއެވެ. އިއްސެގެ ޓްވީޓްގައި ވަނީ ހޭސްޓެގެއް ބޭނުން ކުރައްވާ ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކަތައް ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.

މި އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒު ކެމްޕެއިން ކުރައްވާ އެމްޑީޕީ "ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. ސަރުކާރުގެ ވެރީންނާއި ކުންފުނިތަކުގެ ވެރީން އަދި ރައްޔިތުންްގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ.