ދިރާގު

އާ އަހަރާ ގުޅުވައި ދިރާގުން އިންސްޓަގްރާމް ޕްރޮމޯޝަނެއް ފަށައިފި

Dec 30, 2015

އާ އަހަރާ ގުޅުވައި ދިރާގުން އިންސްޓަގްރާމް ޕްރޮމޯޝަނެއް ފަށައިފި އެވެ.

މުއާސަލާތީ ކުންފުނި ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ 11:59 އަށް ކަމަށާއި މި ކެމްޕޭނުގައި ބައިވެރިވުމަށް އާ އަހަރުގެ ބަންދުގައި ކުރާ ކޮންމެވެސް މަޖާކަމެއްގެ ފޮޓޯއެއް ނެގުމަށްފަހު @Dhiraagu ޓެގް ކުރުމަށްފަހު #DhiraaguHolidayFun ހޭޝްޓެގާއި އެކު ޕޯސްޓްކޮށްލުމުން މި ކެމްޕޭނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ ދިރާގުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކާއި ޕްރޮޟޯޝަންސްތަކަކީ ޒުވާނުންނާ ގުޅޭ ޒަމާނީ ކަންކަމަށް ހަދަން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށާއި ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގެ މަޤުބޫލުކަން ޒުވާނުންގެ މެދުގައި ވަރަށްބޮޑުތަން އިތުރުވެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާ ކަމަށެވެ.

"މިފަދަ ސްކޫލް ޗުއްޓީ ދުވަސްވަރެއްގައި އިންސްޓަގްރާމް ފަދަ ޒުވާނުންގެ މެދުގައި އެންމެ ހިނގާ އެއް ސޯޝަލް މީޑިޔާ ޕްލެޓްފޯމު މެދުވެރިކޮށް މިފަދަ ޕްރޮމޯޝަނެއް ފެށުމަކީ އަޅުގަނޑުމެންނަށް ވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް." އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅޫވީ މިފަދަ މުނާސަބަތުތަކުގައި ޒުވާނުންނާއި ގުޅިގެން މިފަދަ ހަރަކާތްތައް ހިންގުމަކީ ދިރާގުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށާއި ޕްރޮމޯޝަން ނިމިގެންދާއިރު، ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއްފަރާތަކަށް ޒުވާނުންނާއި ގުޅުންހުރި ވަރަށް އަގުހުރި ހަދިޔާއެއް ދިރާގުން ދޭނެ ކަމަށެވެ.