ދުނިޔެ

އިންޑިއާގައި ޝަވަރުމާ ކޭ ކުއްޖަކު މަރުވެ، 50 މީހުން އެޑްމިޓްކޮށްފި

އިންޑިއާގެ ކެރެލާގައި ޝަވަރުމާ ކޭ ބަޔަކު ވަރަށް ބޮޑަށް ހާލުދެރަވަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ. ސިއްހީ އޮފިޝަލުން ބުނާ ގޮތުން އެތަނުން އެކަކު މަރުވެ އިތުރު 50 މީހުންނަށް އެމެޖެންސީގައި ވަނީ ފަރުވާދޭން ފަށާފަ އެވެ.

ކެރެލާގެ ފުލުހުންނާ ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސް ބުނާ ގޮތުން 52 މީހަކު ވަނި ހަމަ އެއް ތާރިހެއްގައި އެއްހިސާބަގަނޑަކުން ޝަވަރުމާ ކައިފަ އެވެ. އޭގެ ތެރެއިން މަރުވީ 16 އަހަރުގެ ކުއްޖެއް ކަމަށް އޮފިޝަލުން ބުނެ އެވެ. އޭނާ މަރުވީ ޝިގެއްލާ ޖެހިގެން ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

އޮފިޝަލުން ބުނާ ގޮތުން ތިން ސަރަހައްދެއްގެ ތިން ހޮސްޕިޓަލެއްގައި ފަރުވާދެމުން ދާއިރު ގިނަ މީހުން ހާލަތު އެހާ ގޯހެއް ނޫނެވެ. އެހެން ނަމަވެސް އައިސީޔޫގައި ހަތް މީހަކަށް ވަރުވާދެމުން ދާކަމަށް ވެސް އެނާ ވިދާޅުވި އެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުން އަސްލު މައްސަލަ ކަމަށް ބެލެވެނީ ޝަވަރުމާ ރަނގަޅަށް ރޯނުުފިލުވާ ހުރުމެވެ. ސާފުތާހިރުކަން ވަރަށް ބޮޑަށް ގޯސްވުމާއި ބޯފެން ގަޣައްޔަރު ވެފައި ހުރުމަކީ ވެސް ޑައިރިއާ ޖެހި ބޭރަށް ހިންގަން ދިމާވާ ސަބަބެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެންމެގެ ކިބައިން ވެސް ފެންނަނީ އެއް އަލާމާތެކެވެ. އާދަޔާ ޚިލާފަށް ބަނޑުގައި ރިހުމާއި ބޮލުގައި ރިހުން އަދި ހިފެހެއްޓުމެއް ނެތި ބޮޑުކަމު ދެވުމެވެ.

ޝިގެއްލާ ޖެހުމަކީ ސިއްހީ ސިނާއަތު މިހާރު އޮތް ހާލަތުގައި މީހުން މަރުވާ ސަބަބެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް ހަށިގަނޑު ދިފާއީ ނިޒާމު މާބޮޑަށް ބަލިކަށވިމުގެ ސަބަބުން މީހަކު މަރުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގައި ކާނާ ވިހަވެގެން މީހުން މަރުވުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. މައިގަޑު ސަބަބަކީ ކާބޯތަކެތި ގެންގުޅުމުގައި ފަރުވާކުޑަވުމެވެ. އެކަށީގެން ނުވާ ގޮތަށް ގުދަންކުރުމާއި ވިހައިގެ އަސަރު ކަނޑައިގެން ދާވަރަށް ނުކެއްކުމަކީ ވެސް ޝިގެއްލާ ކަހަލަ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.