ޑަބްލިޔޫއެޗްއޯ

އާއްމު ސިއްހަތުގެ ދާއިރާއިން ރާއްޖެއަށް ޑަބްލިޔުއެޗްއޯގެ އެވޯޑެއް

އާއްމު ސިއްހަތުގެ ދާއިރާއިން ރާއްޖެއަށް ޑަބްލިޔުއެޗްއޯއިން ދިން އެވޯޑު -- ފޮޓޯ: ހެލްތް މިނިސްޓްރީ
0%
0%
0%

އާއްމު ސިއްހަތުގެ ދާއިރާއިން ރާއްޖެއަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އެވޯޑެއް ލިބިއްޖެ އެވެ.

ޑަބްލިޔުއެޗްއޯގެ ފަރާތުން ރާއްޖެއަށް މި އެވޯޑް ދީފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ސައުތްއީސްޓް އޭޝިއާ ސަރަހައްދުގެ 77 ވަނަ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ބައްދަލުވުމގައި ރާއްޖެއާ މި އެވޯޑް ހަވާލުކޮށްދީފައިވަނީ ސައުތްއީސްޓް އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވަޒީދެވެ.

ހެލްތް މިނިސްޓްރީން ބުނީ މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ކުޑަކުދިންގެ ތެރޭގައި ހެޕަޓައިޓިސް ބީ ބަލި ޖެހުން ކޮންޓްރޯލް ކުރުމާއި، އުމުރުން ފަސް އަހަރު ނުވާ ކުޑަ ކުދިން މަރުވުމުގެ އަދަދު ދަށްކުރުމާއި، އުފަންވެފައި މަހެއް ހަމަނުވެ މަރުވާ ކުދިންނާއި، ބަނޑުގައި އޮވެ މަރުވާ ކުދިންގެ ރޭޓު މަދުކުރެވިފައިވާތީ ކަމަށެވެ.

ރާއްޖޭގެ އިތުރުން ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާއާއި، އިންޑޮނޭޝިއާ، ސްރީލަންކާ އަދި ތައިލަންޑަށް ވެސް ވަނީ މި އެވޯޑް ހާސިލްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910