ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެޕިޑް ޓެސްޓް ކިޓަށް ހުއްދަ ދެނީ

އެޗްޕީއޭގެ މުވައްޗަފުން މަގުމަތީގައި ސާމްޕަލް ނެގުމަށް ހަރަކާތްތެރި ވަނީ: ރެޕިޑް ޓެސްޓް ކިޓް ބޭނުން ކުރުމަށް ހުއްދަދިނުގެ ވިސްނުން ގެންގުޅޭ ކަމަށް އެޗްޕީއޭއިން ބުނެފި —- ފޮޓޯ:އަވަސަ
100%
0%
0%

ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ވިސްނަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރެޕިޑް ޓެސްޓް ކިޓް ބޭނުން ކުރުމަށް ހުއްދަ ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ރެޕިޑް ޓެސްޓަށް ހުއްދަދޭނެ ވަކި ތާރީހެއް އަފްޒަލް ވިދާޅެއް ނުވެ އެވެ. ނަމަވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް ޔަގީންކޮށްދެއްވި އެެވެ.

މިހާތަނަށް ރެޕިޑް ޓެސްޓު ކިޓު ބޭނުންކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވަނީ އައިޖީއެމްއެޗަށް އެކަންޏެވެ.

އެޗްޕީއޭއިން މީގެކުރިން ބުނީ ރެޕިޑް ޓެސްޓް ކިޓް އާންމުން އަމިއްލައަށް ޓެސްޓު ކުރުމަށް ހުއްދަ ދިނުގެ ވިސްނުން ނެތް ކަމަށެވެ. އެއީ އަމިއްލައަށް ޓެސްޓު ކުރުމަށްފަހު ޕޮޒިޓިވް ނަތީޖާ ނިކުންނަ ފަހަރުތަކުގައިވެސް އެކަން އެޗްޕީއޭއަށް ނާންގައި އާންމު ފަރާތްތަކުން ދަތުރުކޮށްފާނެތީ ކަމަށެވެ.

ރެޕިޑް ޓެސްޓު ކިޓު ބޭނުން ކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ގަދައަށް ކެއްސާލާށެވެ. އެއަށްފަހު އޭގައި އޮންނަ ޓިއުބަށް ކުޅު ޖަހައި ބަފަ އާއި އެއްކޮށްލުމަށްފަހު ކިޓަށް އޭގެން ދެތިކި ޖައްސާނީ އެވެ.

އެ ޓެސްޓު ހެދުމަށްފަހު 15 މިނެޓު ތެރޭގައި ކިޓުން ދެރޮނގު ދައްކައިފި ނަމަ އޭގެ މާނަ އަކީ އެމީހާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކިޓުގައި އިންނަ ސީ އަކުރާ ދިމާލުގައި ރޮނގެކެވެ. 

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސސ

މާފެއާމެޑްސިން ތައްޔާރު ކުރާ މާފެއާރ ކިޓް !

ފާތުމަ

އެކަމް ހުލުމާލެ ހޮސްޕިޓަލް އިންވެސް ނޭފަތަ އެކަނި ލީ ތިޔަބުނާ ޓެސްޓެ ހަދަން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910