ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑަބްލިއުއެޗްއޯ އިން އިތުރު 10،000 ޓެސްޓު ކިޓު ހަދިޔާކޮށްފި

މިއަދު ހަދިޔާ ކުރި ޓެސްޓު ކިޓުތަކާއެކު 41،000 ކިޓު އެ ޖަމިއްޔާއިން ދީފައިވޭ --ފޮޓޯ: ހެލްތު
0%
0%
0%

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ފަރާތުން އިތުރު 10،000 ޓެސްޓްކިޓް ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 ބައްޔާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމަށް ސިއްހަތު ޖަމިއްޔާ އިން ވަނީ މިއަދު 10،000 ޓެސްޓްކިޓް ހަދިޔާކޮށްފަ އެވެ.

މި ކިޓްތައް ހަދިޔާ ކޮށްފައި ވަނީ ދަރުބާރުގޭގަ އެވެ. ޓެސްޓް ކިޓް ތަކާއި ރާއްޖެއިން ހަވާލުވެ ވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ހެލްތު މިނިސްޓަރު ވަނީ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު އާއި މިއަދު ބައްދަލުކުރައްވައި، އެޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު ސޮއިކުރައްވަނީ ފޮޓޯ: ހެލްތު

މިއަދު ހަދިޔާކުރި ޓެސްޓްކިޓު ތަކާއެކު 41،000 ކިޓު ޑަބްލިއުއެޗްްއޯ އިން ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދިނެވެ. އަދި މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް ފަހުންވެސް އެހީ ލިބެމުންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ޑަބްލިއުއެޗްްއޯ އިން ދަަނީ ފަންނީ އެހީތެރިކަމުގެ އިތުރުން ރާއްޖޭގެ އެކިސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކިކަހަލަ އާލާތްތައް ހޯދުމަށްވެސް އެހީވަމުންނެވެ. އަދި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިން އެހީ ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910