ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިއްހީ ފަންނުވެރިން ހިދުމަތަށް ނުކުންނަން ގޮވާލައްވައިފި

އެކި އެކި ސަބަބުތަކާއި ހެދި ވަޒީފާ އަދާ ނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ހިދުމަތަށް ނުކުތުމަށް ހެލްތު މިނިސްޓަރުު އަބްދުﷲ އަމީން ގޮވާލައްވައިފި އެވެ.

އަމީން މިކަމަށް ގޮވާ ލެއްވީ މިއަދު ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރި ވިދާޅުވީ މި ވަގުތަކީ ރާއްޖޭގައި ތިބި ހުރިހާ ފަންނީ މީހުނާއި ސިއްހީ ދާއިރާގެ މީހުންގެ އެހީތެރިކަން ގައުމަށް އެންމެ ބޭނުންވާ ވަގުތު ކަމަށާއި އެފަދަ ފަރާތްތައް ގޭގައި ނުތިބެ ހިދުމަތަށް ނިކުތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ހިދުމަތަށް ނުކުންނަން ބޭނުންވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

"މިވަގުތަކީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ފަންނީ ބޭފުޅުންނާއި ސިއްހީ ހިދުމަތްތެރިން އަޅުގަނޑުމެންނަށް އެހީވާންވީ ވަގުތު. ގޭގައި ނުތިއްބަވާ ހިދުމަތަށް ނިކުންނަވާ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހެލްތު ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ތެރެއިން މި ވަގުތު ޗުއްޓީގައި ތިއްބެވި ބޭބޭފުޅުން ވެސް މަސައްކަތަށް ނުކުމެ ގައުމީ މި ހިދުމަތުގަ ބައިވެރިވާން،" އޭނާ ވިދާޅުވި އެވެ.

ދުނިޔެއިން ބަލާއާފާތެއް ކަމަށް ކަނޑައަޅާފައިވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު ސިއްހީ ދާއިރާގެ ހިދުމަތްތެރީންގެ ތެރެއިން ރިޓަޔާ ވެފައިވާ ފަރާތްތަކާއި ހިދުމަތަށް ނުކުންނަން ބޭނުންވި ބައެއް ފަރާތްތަަށް ވަނީ ހިދުމަތާ ބައިވެރިވެފަ އެވެ.

ރާއްޖޭގައި ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ.