ސްރީލަންކާ

ލަންކާ ސިފައިން މަގުތަކަށް ނިކުމެއްޖެ

ލަންކާގައި ސިފައިންނާއި ފުލުން އެކުއެކީގައި މަގުތަކަށް ނުކުމެ އަމަން ބަލަހައްޓަން ފަށައިފި އެވެ. މިއީ ލަންކާގެ ހާލަތު ބޮއްސުންލައި ވަރަށް ގޯސްވެފައި ވަނިކޮށް ހިންގި ކާފިއުއަށް ވެސް އާންމުން ސަމާލުވެވައި ނުވާތީ އަމުރަށް ކިޔަމަންކުރަން ބާރާއެކު ސިފައިން ނުކުތް ފުރަމަ ފަހަރެވެ.

ލަންކާއަށް ދިމާވެފައި އޮތް ނިކަމެތި ހާލަތުން އަރައިގަތުމަށް ސަރުކާރުން މާބޮޑު ކަމެއް ނުކުރާ ކަމަށް ތުހުމަތުކޮށް އާންމު މަގުތަކަށް ނުކުވެ ނުރުހުން ފާޅުކުރަމުން ގެންދާތާ ދޮޅުމަހެއްހާ ދުވަސް ވަނީ ވެފަ އެވެ. އޭގެ ކުރިން ވެސް ނުރުހުމުގެ ބައެއް އަމަލުއް ވަނީ ހިންގާފަ އެވެ.

ސަރުކާރުގެ އަމުރަށް ކިޔަމަން ނުވެ މުޒަހާރާކުރާ މީހުން ސަރުކާރަށް ޕްރެޝަރުކޮށް ވަނީ އިންޒާރުދީފަ އެވެ. ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު އާ ސަރުކާރަކަށް ފުރުސަތު ދިނުމަށް ގޮވާލައި ވެރިރަށް ކޮލަމްބޯއާ އިންވެގެން އޮތް އަވަށްތަކުގައި އަދި ގޯލްރޯޑާއި ގޯސްފޭސްގައި ވަނީ ރުޅިގަދަވެފައި ތިބި އާންމުން މިހާރު ވެސް ގެންދަނީ ހަޅޭއްލަވަމުންނެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަަ އިސްތިއުފާ ދެއްވަން ހަޅުތާލުކުރާ މީހުން ގޮވާލާފައި ވަނިކޮށް އޭނާ ވަނީ އިސްތުއުފާ ދެއްވާފަ އެވެ. އެވަރުން ވެސް އުފެދިފައި އޮތް އުދާސްގަނޑު މައިތިރިކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މުޒާހަރާކުރާ މީހުން ސަރުކާރަށް މިހާރު ޑިމާންޑްކުރަނީ ރައީސް ގޯޓާބެ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށެވެ. އެހެން ނަމަވެސް، ގައުމު ހަމަޖައްސަން ފުރުސަތު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންަފަ އެވެ.

މުޒާހަރާކުރާ މީހުން އެދޭ ބާރުމިނުގައި ސަރުކާރުގެ ހަރަކާތްތައް ބަދަލުނުވާ ކަމަށް ބުނެ ހަޅުތާލު ހުއްޓާލަން ވަނީ ދެކޮޅުހަދާފަ އެވެ. މިހާލަތުގައި ގައުމު އޮއްވައި ސަރުކާރަށް ވަފާތެރި ބަޔަކު ނުކުމެ އިދިކޮޅު ލީޑަރުންނަށް ހަމަލާދިމުގެ ސަބަބުން ލަންކާ މިއިން ޒަމާނަކު ވެސް ނުދެހޭ ހާލަތަށް ގައުމު ވަނީ ބަދަލުވެފަ އެވެ.

ސަރުކާރަށް ތާއީދުކުރާ ގުރޫޕްތަކުން މުޒާހަރާކުރާ މީހުންނަށް އަނިޔާވެރި ވުމުގެ ސަބަބުން ހިނގައިދިއަ ހާދިސާތަކުގައި އަށް މީހަކު މަރުވެ 231 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ސަރުކާރުގެ ވެރިންނާއި ގާނޫންހަދާ މަޖިލީހުގެ މެމްބަރުން މަރަން ގޮވައި ގެދޮރުގައި ހުޅުޖަހައި ވަޅި އާއި ކަތިވަޅި ވެސް އާންމުން ވަނީ ހުއްދަކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަމުރަށް ކިޔަމަންވާން ދެކޮޅު ހަދާނަމަ އާންމުނާ ދެކޮޅަށް ވަކި ވައްތަރެއްގެ ހަތިޔާރު ބޭނުންކުރަން ސިފައިންނަށް މިހާރު ވަނީ ހުއްދަދީފަ އެވެ.

އަދި ސަރުކާރުގެ ބާރު ވަގުތީ ގޮތުން ކަނޑުވާލައި އަސްކަރިއްޔާއިން ގައުމުގެ ކޮންޓްރޯލް ނަގާފާނެ ކަމަށް ވެސް ޚަބަރުއް ބުނެ އެވެ.