ސްރީލަންކާ

ލަންކާއަށް ބޭނުންވަނީ އާރޯތާނާ ސަރުކާރެއް: ސަޖިތު

ލަންކާއަށް މިހާރު ބޭނުންވަނީ "އެއްގޮތަކަށް ވެސް ބޭނުން ނުކުރާ" ސަރުކާރެއް ކަމަށް އިދކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ވިދާޅުވެއްޖެ އެވެ. ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ސަޖިތު ވިދާޅުވީ ލަންކާ ސަރުކާރުގެ ސިޔާސަތުތައް މުޅިން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

ސަޖިތު ވިދާޅުވި ގޮތުގައި އާންމުން އެދެނީ އިންތިހާބު ތަކަކަށް ނޫނެވެ. އެ މީހުން ބޭނުންވަނީ ދަތި އުނދަގޫތަކަށް ހައްލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާ ދަތުރުކުރަނީ ނުބައި މިސްރާބަކަށް ކަމަށް ވިދާޅުވެ ސަޖިތު ވިދާޅުވީ ސިޔާސަތުތައް އާނުކޮށް ލަންކާއަށް ހައްލެއް ނެތް ކަމަށެވެ.

ލަންކާ މިނިވަންވި ފަހުން އިގުތިސާދީ ގޮތުން މިއަށް ވުރެ ހާލުދެރަ ޒަމާނެއް ނުދެކޭ ކަމަށް ބުނެވެ އެވެ. މިފަދަ ހާލަތެއް ގައުމަށް މެދުވެރިވީ ސަރުކާރުގެ ސިޔާސަތު ބަލިކަށިކަމުން ކަމަށް ސިޔާސީ ލީޑަރުން ބުނެ އެވެ.

ލަންކާޣެ އިގުތިސޯދީ ހާލަތު އަޑިއަޅާލައި އަމިއްލަ ބާރުގައި އަރައި ނުގަނެވޭ ވަރު ވަނީ ވެފަ އެވެ. ކެއިން ބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން ފެށިގެން ބޭސްފަރުވާއަށް ވޭނުންވާ ތަކެއްޗާއި ގައުމު ހިންގަން ބޭނުންވާ ތެލަށް ވެސް ލަންކާ ވަނީ ޖެހިފަ އެވެ.

ގައުމަށް ދިމާވެފައި އޮތް ހާލަތަކީ ސަރުކާރު ހިންގުން ދޯހަޅިވުމުން ދިމާވެފައި އޮތް ހާލަތެއް ކަމަށް ބުނެ އާންމުން މަގުތަކަށް ނުކުމެ ފެށި އެއްވުންތައް މުޒާހަރާތަކަށް ބަދަލުވެ ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ.

މުޒާހަރާކުރާ މީހުން ސަރުކާރަށް ހުށަހަޅާފައި އޮތް ޝަރުތަކީ ސަރުކާރު އިސްތިއުފާ ދީފައި ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ ހުރިހާ މީހުން ސަރުކާރުން ވަކިވުމެވެ.

ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ސަރުކާރުން ވަކިވެ ވަޑައިގެންނެވި ނަމަވެސް ރައީސް ގޯޓާބޭ ރާޖަޕަކްސަ އަދި ވެސް ހުންނެވީ އެ ހައިސިއްޔަތުގަ އެވެ. އިސްތިއުފާ ދެއްވައި މުޅިން އާ އިންތިހާބަކަށް ފުރުސަތެއް ނުދެއްވަ އެވެ.

ސަޖިތު ވިދާޅުވި ގޮތުގައި އާންމުންގެ އިހުސާސްތަކަށް އިހުތިރާމް ކުރުމާއެކު އާ ސިޔާސަތުތަކަށް ފުރުސަތުދޭން ޖެހިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސަރުކާރު މިހާރު އޮތް ފަރާތް އަނެއް ފުށަށް ނުޖަހައި ލަންކާ ވެއްޓިފައި އޮތް އަޑިގަނޑުން ނުނެގޭނެ ކަމަށެވެ.