ދުނިޔެ

މުޒާހަރާ ރުޅާލަން ލަންކާ ސިފައިން ބަޑިޖެހި ކަމަށް ބުނެފި

ލަންކާގައި ހޮނިހިރު ދުވަހު ހިނގާދިޔަ ހަމަނުޖެހުންތައް ރޫޅާލައި އާންމުން މައިތިރި ކުރުވަން ބަޑިޖަހަން ޖެހުނު ކަމަށް ލަންކާ ސިފައިން އެއްބަސްވެއްޖެ އެވެ.

އާންމުގެ ތެރެއަށް ސީދާކޮށް އަދި ވަކި މީހަކަށް އަމާޒުކޮށް ބަޑިނުޖަހާ ކަމަށް ވެސް ސިފައިން ބަޔާނެއްގައި ބުނެފައިވެ އެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން ބަޑިޖެހީ މަގުގެ އަރިމައްޗަށް މީހުންނާ ދުރަށް އަދި އެކަމަކު މީހުން ބިރުގަންނަ ގޮތަށެވެ.

އިންޓަނެޓަށް ލީކުވެ ފެތުރެމުންދާ ވީޑީއަކުން ފެންނަ ގޮތުން ސިފައިން އަސްކަރީ ޔުނީފޯމުގައި ވަރުގަދައަށް ފޮރުވި ތިބެ ރިޔާސީ ގަނޑުވަރުގެ ފާރަށް ބާޑިތަޅަމުން ދެ އެވެ. އާންމުނާ ވަރަށ ގާތަށް ބަޑިޖަހަމުން ދިއައިރު އެއީ މީހުން ހިނގާބިނގާވާ ސަރަހައްދެކެވެ.

އާންމުގެ މީހަކަށް ސީދާ އަމާޒުނުކުރާ ކަމަށް ސިފައިން ބުނި ނަމަވެސް ވަޒަނާއެކު ބުރައިގެން ދާ އެތިކޮޅުތަކުން މީހުންގެ ލޮލަަށް ކުނިޑު ބުރައި ބޮޑު އަނިޔާއަކަށް ނުވާ ކުދި ގެއްލުން ލިބިފައިވެ އެވެ.

ސިފައިންގެ ބަޔާނުގައި ބުނާ ގޮތުން އެއްވުންތައް ރޫޅާލަން ވަޔަށް ބަޑިޖެހުމަކީ ގަދީމީ ކަމެކެވެ. އާންމުން އަވަހަށް ފައްސާލުމަށް މަގުގެ އަރިމައްޗަށް ބަޑިޖެހުމަކީ ވެސް ސިފައިންނަށް ހުއްދަ އޮންނަ ޕްރޮޓޮކޯލެއް ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

މުޒާހަރާތަކުގައި ހަމަނުޖެހުން އިތުރުވެ އާންމުނާއި ސަރުކާރުގެ މުދަލަށް ގެއްލުންދޭ ނަމަ މީހަކު ޒަހަމްނުވާ ގޮތަށް ހަތިޔާރުން ބިރުދެއްކުމަކީ ވަކި ހާލަތެއްގައި ސިފައިންނަށް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފުޅާޥެ ހޮނިހިރު ދުވަހަކީ އޭގެ ތެރެއިން ވެސް ހަމަނުޖެހުން ބޮޑު ދުވަހެކެވެ.

ރައީސް އާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ގޮވާލައި މުޒާހަރާ ކުރާ މީހުން ވަނީ ރިޔާސީ ގަނޑުވަރަށާއި ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގެންފަ އެވެ.

މަގުތަކަށް ނުކުތް އާންމުން ފުލުހުންނާއި ސިފައިންގެ އަމުރަށް ތަބާނުވުމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި އަނިޔާލިބި ފަނީ ވަރުވާދޭން ޖެހިފަ އެވެ.