ލައިފްސްޓައިލް

ބައްޔެއްގެ ސަބަބުން ތަނެއްގައި ނީށީނދެ 30 އަހަރު

ދިރިއުޅުމުގައި މަދީ ކޯޗެއްތޯ އާއި ބޭނުމީ ކޮން އެއްޗެއްތޯ ސުވާލު ކޮށްފިނަމަ ގިނަ ބަޔަކު ބުނާނީ ފައިސާ އާއި މަޝްހޫރުކަން ކަމަށެވެ. ނަމަވެސް ޕޮލެންޑްގެ ޖޯނާ ކްލިޗް އާއި މި ސުވާލު ކޮށްފިނަމަ އޭނާ ބުނާނީ އޭނާ ބޭނުން ވަނީ ތަނެއްގައި އިށީނދެލަން ކަމަށެވެ. ސަބަބަކީ އެހެން މީހުންނަށް ވަރަށް ފަސޭހައިން ކުރެވޭ ކަމެއް ކަމަށްވާ އިށީނުމަކީ ޖޯނާ އަށް އެއްގޮތަކަށް ވެސް ކުރެވޭ ކަމަކަށް ނުވުމެވެ. އެހެންވެ ތަނެއްގައި އިށީނދެލުން އެއީ އޭނާ ދެކެމުން އަންނަ އަދިވެސް ހަގީގަތަކަށް ނުވާ ހުވަފެނަކަށް ވީމަ އެވެ.

ޖޯނާ އަށް ތަނެއްގައި އިށީނދެ ނުލެވޭތާ 30 އަހަރު ވެއްޖެ އެވެ. އޭނާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ދެ ފައިގެ ފަލަމަސްގަނޑު ޖެހި ބާރުވެފައި ހުންނާތީ އެވެ. އަބަދު ކޮއްޅަށް ހުރެހުރެ އޭނާގެ ދެ ފައިގެ ވަރު އެއްކޮށް ހިނގައިދާނެކަމަށް އޭނާ މިހާރުވެސް ހުންނަނީ ވަރަށް ބިރުންނެވެ.

ޖޯނާއަށް އެންމެ ފަހުން ތަނެއްގައި އިށީނދެލެވުނީ ތުއްތު ކުއްޖެއްގެ އުމުރުގަ އެވެ. އެހެންވެ އަބަދުވެސް ހަނދާން ހުންނަނީ އޮށޯވެ ނުވަތަ ކޮއްޅަށް ހުންނަ ހަނދާނެވެ.

ޖޯނާގެ ބައްޔަކީ ސްޕައިނަލް މަސްކިއުލާ އެޓްރޮފީ އެވެ. މިއީ ޖެނެޓިކް މައްސަލަ އެކެވެ. މި ބަލި ޖެހުމުން މަސްތައް ބަލިކަށިވެ ހަރަކާތްކުރަން ދަތިވެ އެވެ. އެހެންވެ މިހާރު ޖޯނާ އެއްތަނުން އަނެއްތަނަށް ދަނީ ވާޓިކަލް ވީލްޗެއާ އެއްގަ އެވެ.