އެލައިޑް އިންޝުއަރެންސް

އަމިއްލަ ވެހިކަލަށް ކުރާ އަސަރުގެ ގެއްލުން ކުޑަ ކުރެވޭނެ މަގެއް

May 17, 2022

ކުޑަކުޑަ މާލޭގައި އުޅެނީ އެތައް ބައިވަރު ރައްޔިތުންނެވެ. ތަފާތު ހިޔާލާއި ފިކުރުގެ މީހުންނެވެ. މަގުމައްޗަކީ ހަމައެކަނި ދުއްވާ އެއްޗެހި ދުއްވާ ތަނެއް ނޫނެވެ. ހިނގާ މީހުންގެ ވެސް ތަނެކެވެ. އެކި މީހުން ބާޒާރުކުރުން ފަދަ އެކި ބޭނުންތައް ފުއްދުމަށް ނުކުންނަ ތަނެކެވެ. ހަމަ އެފަދައިން މިއީ ތަފާތު މެސެޖުތަކާއި ޝުއޫރުތައް ފާޅުކުރުމަށް ވެސް މީހުން މުޒާހަރާކޮށް އެއްވެ އުޅޭ ތަނެކެވެ.

މުޒާހަރާ ކުރަނީ ފައިމަގުގައި އެކަންޏެއް ނޫނެވެ. ސައިކަލާއި ޕިކަޕުބުރު ވެސް ބާއްވައެވެ. ބައެއް ފަހަރު މީހުން ގިނަވެ، މުޒާހަރާ ވެސް ހޫނުވެ، މަގުގެ އެއްކައިރީގައި ޕާކުކޮށްފައި ހުންނަ ސައިކަލާއި ކާރަށް ގެއްލުން ލިބުމުގެ ހާދިސާތައް ހިނގައެވެ. ހިނގާފައި އެބަ ހުއްޓެވެ. ކުރިއަށް އޮތް ތަނުގައި ނުހިނގާނެއެކޭ ވެސް ނުބުނެވޭނެ އެވެ. ގަސްތުގައި ހިނގާ ކަމެއް ނޫން ނަމަވެސް މިއީ ހިނގާ ކަންކަމެވެ.

މި ފަދަ ކަމެއްގެ ތެރެއިން ތިމާގެ ދުއްވާ އުޅަނދަށް ނުވަތަ އުޅަނދު ދުއްވަމުން ދަނިކޮށް ތިމާގެ ހަށިގަނޑަށް ވެސް ގެއްލުމެއް ލިބިދާނެއެވެ. އެފަދަ ހާދިސާއެއް މެދުވެރިވެދާނެކަމަށް ތައްޔާރުވެ، ރައްކާތެރިކަން ހޯދުމަކީ ތިމާއަށާއި ތިމާގެ ވެހިކަލަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. މިކަމަށް އޮތް ޙައްލަކީ އެލައިޑް އިންޝުއަރަންސްއާއި އެލައިޑް އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެކެވެ

މިދިޔަ ރަމަޟާން މަހު ކޮމްޕްރިހެންސިވް މޮޓޯ ޕްލޭނުގެ އަގު ވަނީ 20-25 ޕަސަންޓަށް ތިރިކޮށްފަ އެވެ. ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެއް ނަގަންވީ ވަގުތަކީ މިއީ އެވެ. މިހާ ހިސާބުން ކިޔުންތެރިޔާގެ ހިތުގައި އުފެދިދާނެ ސުވާލަކީ ތާރޑް ޕާޓީ މޮޓޯ ޕްލޭނަކުން ވެހިކަލަށް ލިބޭ ގެއްލުންތަކުގެ ބަދަލު ނުލިބޭނެ ބާވައޭކަން ޔަގީނެވެ. ހުރިހާ އުޅަނދަކަށް ނެގުން ލާޒިމުކޮށްފައިވާ ތާޑް ޕާޓީ ޕްލޭނުން ޔަގީންކޮށްދެނީ ތިމާގެ އިހުމާލުން އުޅަނދު ދުއްވުމުގެ ތެރޭގައި އެހެން މީހެއްގެ ހައްޓަށާއި އުޅަނދަށް އަދި މުދަލަށް ލިބޭ ގެއްލުން ތަކުން ރައްކާތެރިކަމެކެވެ. އެއީ ތިންވަނަ ފަރާތަކަށް ތިމާ ފޯރުކޮށްދޭ ރައްކާތެރިކަމެކެވެ.

އަމިއްލަ އުޅަނދަށާއި އެ އުޅަނދުގައި އުޅޭ ވަގުތުގައި އަމިއްލަ ނަފުސަށް ހޯދައިދެވޭ ރައްކާތެރިކަމަކީ ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެވެ. މުޒާހަރާ ނުވަތަ އެއްވުންތައް، ގުދުރަތީ ހާދިސާތައް، ފެންބޮޑުވުގެ ހާދިސާއެއް ކުރިމަތިވުން އަދި މީގެ އިތުރުން ވެސް އެތައް ސަބަބެއް މެދުވެރިވެގެން އުޅަނދާއި އަދި އުޅަނދު ދުއްވުމުގައި އުޅެނިކޮށް ތިމާގެ އަމިއްލަ ނަފުސަށް ލިބޭ ގެއްލުންތަކާއި ދެކޮޅަށް ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނުން އަޅައިދެނީ ރައްކާތެރިކަމުގެ ވަރަށް ބޯ ފަށަލައެކެވެ.

ރަމަޟާން މަހުން ފެށިގެން އަންނަ މޭ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 20-25 ޕަސަންޓުގެ ޑިސްކައުންޓަކާއެކު ކޮމްޕްރެހެންސިވް މޮޓޯ ޕްލޭންސް ނެގޭނެއެވެ. އަދި މި މުއްދަތުގައި ނަގާ މީގެ ޕްލޭނަކާއެކު އެލައިޑް އިންޝުއަރަންސުން ހުށަހަޅަނީ ވަރަށް އަގުހުރި ހަދިޔާއެކެވެ. އެއީ އެލައިޑް އިސްލާކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ 150,000 ރުފިޔާގެ ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނެކެވެ. ހޯމް ކޮންޓެންޓް ޕްލޭނަކީ ގޭތެރޭގައި ހުންނަ ތިމާގެ މުދަލުގެ ރައްކާތެރިކަމެވެ.

ފަރުނީޗަރާއި، އިލެކްޓްރޯނިކްސް ހިމެނޭހެން، އެތައް ބައިވަރު އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ގެއްލުމުގެ ބަދަލު ފޯރުކޮށްދޭ ޕްލޭނެކެވެ. ބޭނުން ނަމަ މި އަގުހުރި ޕްލޭން ރޯދަ ހަދިޔާއެއްގެ ގޮތުގައި އެހެން މީހަކަށް ވެސް ދެވިދާނެ އެވެ. އެއާއެކު ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެއް ނަގައިގެން ގޭތެރޭގެ މުދަލުގެ ރައްކާތެރިކަން ވެސް އަހަރު ދުވަހަށް ކަށަވަރުކޮށްލެވުނީ އެވެ.