މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާނެ: މެޓް އޮފީސް

May 19, 2022

މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިމަހުގެ އައްވަނަ ދުވަހުން ފެށިގެން ކުރަމުން ދިޔަ ވިއްސާރަ އަލިވެ، މާދަމާ އިން ފެށިގެން މޫސޫން ރީތި ވާން ފަށާނެ ކަމަށެވެ.

މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރައިގައި ގަދަ ވަޔާ އެކު ވަރަށް ބޮޑަށް ވިއްސާރަ ކުރި އެވެ.

މޫސުން ގޯސްވެ މާލެއާއި ބައެއް ރަށްތަކުގައި ފެން ބޮޑުވި ނަމަވެސް ނުރައްކާތެރި ހާދިސާތަކެއް ހިނގާ، ބޮޑެތި ގެއްލުންތަކެއް މިފަހަރުގެ ވިއްސާރައިގައި ކޮށްފައެއް ނުވެ އެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މިދިޔަ ހަފްތާއެއްހާ ދުވަހު މެޓް އޮފީހުން ވަނީ އެކި ފަަހަރު މަތިން އެލާޓް ނެރެ މޫސުމަށް ސަމާލުވުމަށްވެސް ވަރަށް ބޮޑަށް އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރުކުރާނެ ކަމަށެވެ. އެގޮތުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ވިލާ ގަޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.