ބޮލީވުޑް

34 އަހަރު ކުރީގެ މައްސަލައެއްގައި ސިއްދޫ ޖަލަށް

"ދަ ކަޕިލް ޝަރުމާ ޝޯ" ގައި ޖަޖެއްގެ ގޮތުގައި ގިނަ އަހަރު ތަކަކު ބައިވެރިވީ އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ޕޮލިޓީޝަން ނަވްޖޯތު ސިންގް ސިއްދޫ މިހާރު ހުރީ އިންޑިއާގެ ޖަލެއްގަ އެވެ. މީގެ ދެ ދުވަސް ކުރިން އޭނާ ޖަލަށް ލާފައި ވަނީ 30 ވަރަކަށް އަހަރު ކުރިން 1988 ގައި މަގުމަތީގައި ސިއްދޫ އާއި އޭނާގެ އެކުވެރިޔަކާއި މަގުމަތިން ހިނގާފައި ދިޔަ ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ސިދޫ އަނިޔާ ކުރުމުގެ ސަބަބުން މީހަކު މަރުވެގެންނެވެ.

ސިއްދޫ އާއި އެކުވެރިޔާ ދުއްވި ވެހިކަލް އެ ދުވަހު ބާއްވާފައި އޮތީ ކާރޫބާރޫބޮޑު މަގެއްގެ މެދުގަ އެވެ. އެހެންވެ އެ މަގުން ވެހިކަލްތަކަށް ދަތުރު ނުކުރެވިގެން މީހުންތައް ރުޅިގަދަވި އެވެ. އަދި އެހެންލާފައި ފައިމަގުގައި ބެންކަށް ދާން ދިޔަ ތިން މީހަކު އައިސް ސިއްދޫމެން ކައިރީ ވެހިކަލް ދުރަށް ލާން އެދުނެވެ. އަދި ސިއްދޫ ވެހިކަލް ދުރަށް ލާށް އެއްބަސްނުވެ އެ ދެބައިމީހުންގެ މެދުގައި ހޫނު ޒުވާބެއް ފެށި ގަޔަށް ބޮލަށް އަރައި ތަޅާފޮޅަން ފެށީ އެވެ. އެންމެފަހުން ސިއްދޫ މީހެއްގެ ޖަލުގައި ޖެހިޖެހީނުން އެމީހާ ބިންމައްޗަށް ވެއްޓުނެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އެމީހާ ވަނީ މަރުވެފަ އެވެ.

އޭރުއްސުރެ މި މައްސަލަ ކޯޓުގައި ހިނގަމުންގޮސް އިންޑިއާގެ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިއްދޫ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

މި ހުކުމާއެކު ސިއްދޫ އަށް ޖަލަށް ދާން ޖެހުނީ އެވެ. ސިއްދޫ ޖަލުގައި ހޭދަކުރި ފުރަތަމަ ރޭ އެއްވެސް އެއްޗެއް ނުކާ ކަމަށް ވެއެވެ. އަދި އޭނާއަކީ ވަރަށް ގިނަ ބަލިތައް ހުންނަ މީހަކަށް ވާތީ ޚާއްސަ ކެއުންތައް އޭނާއަށް ޖަލުގައި ކެވޭނެ ގޮތް ހަދައި ދިނުމަށް ސިއްދޫގެ ވަކީލުން ވަނީ ކަމާ ބެހޭ ފަރާތްތަކުގައި އެދިފަ އެވެ.

އެހެންވެ ހައްޔަރުކުރި ފަހުން ސިއްދޫ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކައި އޭނާގެ ސިއްހަތާ ގުޅޭ ޑިއެޓް ޕްލޭނެއް ހަދައި އެ ޕްލޭނާ އެއްގޮތަށް އޭނާއަށް ކެއުން ފޯރުކޮށްދޭން ޖަލުން ވަނީ އެއްބަސްވެފަ އެވެ.