ދުރުރާސްތާ ހަތިޔާރު ލިބިގެން ނޫން ގޮތަކަށް ރަޝިއާގެ ފަނާކުރަނިވި ހަމަލާތަކުން މިންޖު ނުވާނެ ކަމަށް ޔުކްރޭން އޮތީ ބުނެފަ އެވެ. ޔުކްރޭންގައި އެކަށީގެން ހަތިޔާރު ނެތީ އެމެރިކާ އާއި ޔޫރަޕުން ވައުދާ ޚިލާވުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހަތިޔާރު ބޭނުންވި ނަމަވެސް ރަޝިއާއަށް ފޮރާވަރުގެ -- ރަޝިއާއަށް ހަމަލާދެވޭ ވަރުގެ ހަތިޔާރު ދޭކަށް ނުކެރޭނެ އެވެ. ރަޝިއާއަށް ސީދާ ހަމަލާ ދިނުމަކީ ކުރިން ރާވާފައި އޮތް ގޮތް ނޫން ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
ބައިޑަން މިހެން ވިދާޅުވީ ރަޝިއާއަށް ހަމަލާ ދެވޭ ވަރުގެ ދުރުރާސްތާ ރޮކެޓާއި މިސައިލް އެމެރިކާއިން ޔުކްރޭނަށް ފޯރުކޮށްދޭން އުޅޭ ކަމަށް ބުނެ ދެކެވުނު ވާހަކަތަކަކާ ގުޅިގެންނެވެ. ޔުކްރޭން ހަނގުރާމަ ފެށުނީއްސުރެ، އެމެރިކާ އާއި އިނގިރޭސިވިލަތް އަދި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ޔުކްރޭނަށް އެކި ފެންވަރުގެ ހަތިޔާރު ފޯރުކޮށްދެމުންނެވެ.
ބައިޑެންގެ މި ނިންމެވުމަށް އިޝާރާކޮށް ރަޝިއާއިން ބުނީ އެމެރިކާގެ ވާހަކަތައް ރަނގަޅު ކަމަށާއި އަނދައަނދައި ހުރި އަލިފާންގަނޑަކަށް ދަރުއެޅުމުން ވާނެ ގޮތް ކުރިއާލާ އެމެރިކާއަށް ވިސްނުން އެއީ އެމެރިކާއަށް ލިބުނު ރައްކާތެރި ކަމެއް ކަމަށެވެ.
ޔުކްރޭނާށް ދިރުރާސްތާ ހަތިޔާރާއި ބަރުހަތިޔާރު ފޯރުކޮށް ނުދިނުމަށް ރަޝިއާ އޮތީ ގޮވާލާފަ އެވެ. ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދީގެން ހަނގުރާމަ ކުރުވާ ގައުމުތަކަކީ ހަނގުރާމައިގެ ބައިވެރިންނެވެ.
ޔުކްރޭނަށް ކޮންމެ ގައުމަކުން ހަތިޔާރު ފޮނުވި ނަމަވެސް ޝިޕްމަންޓްތަކަށް ހަމަލާދޭނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ. ރަޝިއާ ބުނި ގޮތުގައި ޔުކްރޭނަށް ހަތިޔާރާއި އަސްކަރީ ބާރުވެރިކަން ފޮނުވަން ވާނީ ރަޝިއާގެ ހަމަލާއެއް އަރާފާނެ ކަމަށް ގަބޫކޮށްގެންނެވެ.