ލައިފްސްޓައިލް

ލޯބިވާ އަންހެނުން މަރުވުމުން ހާޓް އެޓޭކެއް ޖެހި މަރުވެއްޖެ

އެމެރިކާގެ ޓެކްސަސްގެ އެލެމެންޓްރީ ސްކޫލެއްގައި ދާދިފަހުން ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި މަރުވެ 21 މީހުންގެ ތެރޭގައި އެ ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވައިން އިރްމާ ގާސިއާ ހިމެނުނެވެ. އިރްމާ މަރުވުމުން އޭނާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ދަނިކޮށް އިރްމާގެ ފިރިމީހާ ޖޯ ގާސިއާ ވަނީ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވެފައި ކަމަށް ނިއު ޔޯކް ޓައިމްސް އާ ވާހަކަ ދައްކަމުން ޖޯގެ އާއިލާގެ މީހުން ބުނެފައި ވެއެވެ.

އިރްމާ އާއި ޖޯ އަކީ ސްކޫލް ދައުރުއްސުރެ ދެ ލޯބިވެރިންނެވެ. އަދި ދެ މީހުން މަރުވިއިރު ކައިވެންޏަށް 24 އަހަރު ފުރި އަދި ހަތަރު ދަރިން ލިބިފައި ވެއެވެ. މީގެ ތެރެއިން އެންމެ ހަގު ކުއްޖާ ކިޔަވަނީ ގްރޭޑް 7 ގައެވެ.

އިރްމާ، 46، މަރުވީ އޭނާގެ ދަރިވަރުންގެ ފުރާނަ ސަލާމަތްކޮށްދޭން މަސައްކަތްކުރަނިކޮށެވެ. އަދި އިރްމާ މަރުވި ޚަބަރަކާ އެކު ޖޯ އަށް ފުން ހިތާމަތަކެއް ލިބި އެ ހިތާމަތަކަށް ކެތް ނުވެގެން ހާޓް އެޓޭކެއް ޖެހި މަރުވީ އެވެ.