އެމްއެންޑީއެފް

ލަންކާގެ މަސްބޯޓެއް ހިފަހައްޓައިފި

Jun 7, 2022

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފުން ބުނީ މ. މުލީގެ 76 މޭލު އިރުން ހިފެހެއްޓި މަސް ބޯޓުގެ މައުލޫމާތު ކޯސްޓްގާޑަށް ހިއްސާކޮށްފައި ވަނީ ރާއްޖޭގެ މަސްދޯންޏަކުން ކަމަށެ.

އަތުލި ބޯޓުގައި ހަ ފަޅުވެރިން ތިއްބެވެ. ކޯސްޓުގާޑުން މިހާރު ވަނީ އެ މަސްބޯޓު އަސްކަރީ ވައިގެ ބަނދަރު ލ. ކައްދޫއަށް އަށް ގެންގޮސްފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އިންޑި އާއި ލަންކާގެ މަސް ބޯޓުތަކުން މަސްވެރިކަން ކުރުމަކީ އާންމު ކަމެކެވެ،