އެމްއެންޑީއެފް

ލަންކާގެ މަސްބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އޮޔާދާ ލަންކާގެ މަސްބޯޓު --- ފޮޓޯ: އެމްއެންޑީއެފް
0%
0%
100%

ސްރީލަންކާގެ މަސް ބޯޓެއް ބަންޑުން ޖަހާލައި ރާއްޖެ ސަރަހައްދުން އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ ސްރީލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅުނު މަސްބޯޓެއް ބަންޑުން ޖަހާލައި އޮޔާދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ބޯޓު މާލެ އަތޮޅާއި ވ. އަތޮޅާ ދިމާލަށް އޮޔާ އަންނަކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ހާއްސަގޮތެއްގައި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރެ އެވެ.

ރ. އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ މާމުނަގަލުގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިން ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާތީ، އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފްއިން ވަރަށް ފަހުން އެދިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345