ކަނޑުމަތީގެ ހާދިސާ

ލަންކާ މަސްބޯޓު ހުޅުމާލޭ ބަނދަރަށް ގެނެސްފި

Jan 28, 2020
4
ކޯސްޓްގާޑުގެ އެހީގައި ގެނެސް ލަންކާގެ މަސްބޯޓް ހުޅުމާލޭ ބަނދަރަށް ވައްދަނީ -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

ހަ މީހުނާއެކު ހާލުގައި ޖެހި، ބެހެމުން ދިޔަ ސްރީ ލަންލާގެ މަސް ބޯޓް، ދިވެހި ސިފައިންގެ ކޯސްޓްގާޑްގެ އެހީގައި ސަލާމަތްކޮށް ހުޅުމާލޭ ބަނދަރަށް ވައްދައިފި އެވެ.

އެމްއެއެންޑީއެފްގެ ކޯސްޓްގާޑުން ބުނީ ލަންކާގެ މަސްބޯޓާއި ހަ މީހުން ހުޅުމާލޭ ބަނދަރަށް ގެނައީ މިއަދު ހެނދުނު 6:00 ޖެހި ވަގުތުގައި ކަމަށެވެ. އެ ބޯޓުގައި ތިބި މީހުނަށް އެހީތެރިވެ ދެމުން ގެންދާ ކަމަށެވެ.

މި މަސް ބޯޓު އިންޖީނު ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް ފެނުނީ މި މަހުގެ 26 ވަނަ ދުވަހު މާލެ އަތޮޅު ދިއްފުއްޓާ ދިމާ ބޭރުންނެވެ. އޭރު ބޯޓު ދިޔައީ އޮޔާ ބެހެމުންނެވެ. ބޯޓު މިއަދު ހުޅުމާލޭ ބަނދަރަށް ގެނައި އިރު އޭގައި ތިބި މީހުންގެ ހާލު ރަނގަޅެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345