އެމްއެންޑީއެފް

16 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ބޯޓެއް ރޭ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެކެވެ.

މި ބޯޓުން 16 މީހުން ދަތުރުކުރި ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެ ބޯޓު ފަރަށް އެރުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.