އެމްއެންޑީއެފް

ސަފާރީއެއް ފަރަށް އަރައިފި

ފަރަށް އެރި "ރެޑް މޫން" ސަފާރީ
0%
0%
0%

ސަފާރީއެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ރެޑް މޫން" ނަމަކަށް ކިޔާ ސަފާރީއެއް ތ. މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން އަންނަނީ ޑައިވްކޮށް ސަފާރީއަށް ލިބިފައި ހުރި ގެއްލުންތައް ބަލަމުންނެވެ.

ސަފާރީ ފަރަށް އަރައި، ބީހުމުގެ ސަބަބުން އުޅަނދުގެ ބަނޑުފިލާގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެެވެ.

ފަރަށް އެރިއިރު ސަފާރީ ދިޔައީ ފަސް މީހުންނާ އެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރަމުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 7:40 ހާއިރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910