ބަންގްލަދޭޝް

ބަންގްލަދޭޝްގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވައިފި

ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވައިފި އެވެ.

މި އެމްބަސީ ބަންދު ކުރީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ފައިސާގެ ދަތިތަކާ ކުރިމަތިވެގެނެވެ.

މި އެމްބަސީ އިއްޔެ ހުޅުވުމަށްފަހު ހައިކޮމިޝަނަރުގެ މަގާމަށް މުހައްމަދު އާސިމް ވަނީ އައްޔަނުކުރައްވާފަ އެވެ.

އެމްބަސީ ހުޅުވުމަށްފަހު ރާއްޖެއިން ހައިކޮމިޝަރުގެ ގޮތުގައި އައްޔަނު ކުރެއްވި މުހައްމަދު އާސިމް އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އަބުލް ހަސަން މަހްމޫދު އަލީ ވަނީ ބައްދަލުކުރައްވައި އެމްބަސީގެ ސަބަބުން ދެގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑޮކްޓަރުންނާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާނެ މީހުން ބަންގްލަދޭޝް އިން ރާއްޖެއަށް ގެނައުމަށް އާސިމް ޝައުގުވެރިކަން ފާޅުކުރެއްވި އިރު އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ މަސްވެރިކަމުގެ ދާއިރާގައި ދެގައުމު ގުޅިގެން މަސައްކަތް ކުރަން ޝައުގުވެރިވެ ވަޑައިގެންފަ އެވެ.