ރައްޔިތުންގެ މަޖިލިސް

ދެ ގައުމަކަށް ސަފީރުން އައްޔަންކުރަން ހުށަހަޅައިފި

ދިވެހިރާއްޖެ އިން އެކުވެރި އަރަބި އިމާރާތާއި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. ރުއްކުރި، މަރްޔަމް މިދްފާ ނައީމް އަދި ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ހ. މިސްޓްރީލޮޖް، އާމިނަތު ޝަބީނާ އެވެ.

ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ޝިރުޒިމަތު ސަމީރު އެވެ.