ރައްޔިތުންގެ މަޖިލިސް

ނޮން ރެޒިޑެންޓް ސަފީރު ކަމަށް ދެ ބޭފުޅަކަށް ރުހުން ދީފި

Jun 20, 2022
2
ނޮން ރެޒިޑެންޓް ސަފީރު ކަމަށް ކޮމިޓީން ރުހުން ދެއްވި ސޯބިރު (ކ)ގައި އަދި އުމަރު (ވ)ގައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ނޮން ރެޒިޑެންޓް ސަފީރު ކަމަށް ހަސަން ސޯބިރާއި އުމަރު އަބްދުއްރައްޒާގު އައްޔަންކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި ދެ ބޭފުޅުން ރުހުން ދޭން ނިންމާފައިވީ ނަމަވެސް ކޮމިޓީގެ ނިންމުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ކޮރެއާގައި ހުންނަވާ ރާއްޖޭގެ ނޮންރެޒިޑެންޓް ސަފީރު ކަމަށް ހަސަން ސޯބިރު އައްޔަން ކުރުމަށާއި ނެދަލެންޑްސްއާއި ލަގްޒަންބާގުގައި ހުންނަވާ ރާއްޖޭގެ ނޮން ރެޒިޑެންޓް ސަފީރު ކަަމަށް އަބްދުއްރައްޒާގު އައްޔަންކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް އަންގަވައިދެއްވުމަށެވެ.

ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރު މިވަގުތު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގަ އެވެ. އުމަރު އަބްދުއްރައްޒާގު ހުންނެވީ ރާއްޖެއިން ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގަ އެވެ.

ނޮން ރެޒިޑެންޓް ސަފީރުންނަކީ އެ ބޭފުޅުން އައްޔަންކުރައްވާ ގައުމެއްގައި ތިއްބަވައިގެން މަސައްކަތް ކުރައްވާ ބައެއް ނޫނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހައްމަދޫ

ކޮންމަސައްކަތެއް އޮންނާނީ ކޮރެޔާ ކަހަލަ ތާކު. މިވަރުންވެސް ބޮޑެތި މުސާރަ ތަކާއި އިނާޔާތް ދީފަ ގެންގުޚެންޖެހޭތަ ހަމަމިމީހުންތައް.

ނަސީ

މީސަރުކާރައް ބަދަލުއަރާފައި ތިބޭބައެއްތަ ؟؟؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910