އެލައިޑް އިންޝުއަރެންސް

ހައްޖުގެ އަޅުކަމުގައި އުޅޭއިރު ސިއްހީ ފަރުވާއަށް ލުޔެއް

Jul 2, 2022

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެތަން މިތަނުން ހައްޖާޖީން ސައުދީ އަރަބިއްޔާއަށް ދާން އެ ފެށީ އެވެ. މިދިޔަ ދެ އަހަރު ހާއްސަކޮށް ދެކެމުން އައި ފޮނި ހުވަފެންތަކަކާއެކު އަޅުކަމުގެ ބަރަކާތާއި ހެޔޮކަން ލިބިގަތުމަށް ކެތްމަދުވެ ތިބެއެވެ.

ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެ އުޅޭ ފަދައިން ހައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިން ވެސް ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު އެބަ އޮތެވެ. އެއީ ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރަމުންދާ ދަތުރުގެ ތެރެއިން ދިމާވެދާނެ ކަމަކާ މެދު ކަންބޮޑުވެ ހާސްވުމުން އެއްކިބާކޮށްދޭނެ ފިޔަވަޅެކެވެ. ހައްޖަށް ދާ އިރު ނަގަންވީ ހާއްސަ ތަކާފުލް ޕްލޭނެކެވެ.

އަޔާދީ ތަކާފުލްގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނަކީ ދަތުރުގައި އުޅޭ އިރު ދިމާވެދާނެ މާލީ އަދި ސިއްހީ ބުރައަކުން ހައްޖާޖީން ރައްކާތެރިކޮށްދޭނެ ޕްލޭނެކެވެ. މިސާލަކަށް ބަލާނަމަ، ހައްޖުގެ އަޅުކަމާ ގުޅިގެން ކޮންމެ އަހަރަކު ވެސް ހައްޖާޖީންގެ މެދުގައި "ހައްޖު ރޯގާ" ފެތުރެއެވެ. ބައެއް ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި އުޅޭއިރު ވެސް ހައްޖު ރޯގާ ޖެހި އަރިދަފުހުގެ އުނދަގުލުގެ އިތުރުން ހުން ގަދަވެ އަދި ހާލު ބޮޑުވެގެން އިތުރު ފަރުވާ ހޯދަން ވެސް ޖެހެއެވެ.

މީގެ އިތުރުން ވިސްނާލުން މުހިންމެވެ. މިދިޔަ ދެ އަހަރު ބޭރު ގައުމުތަކުން ހައްޖަށް ނުދެވޭ ގޮތަށް އޮތީ ކޮވިޑް-19 އާ ހެދި އެވެ. ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ވަރަށް ބޮޑަށް ހުޅުވާލި ނަމަވެސް ކޮވިޑް-19 އަދިވެސް ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގައި އުޅެނީ އެއްފަހަރާ އެތައް ހާސް މީހުންނެވެ. އެހާ ގިނަ މީހުން އެއްތަންވެ އުޅޭ އިރު ޖިސްމާނީ އަނިޔާއެއް ވެސް ކުރިމަތިވެ، ފަރުވާ ހޯދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިއިން ކޮންމެ ހާލެއްގައި ވެސް ސިއްހީ ފަރުވާ ކުރުމަށް އަތުން ދާ ހަރަދަކީ ބުރައަކަށް ވެދާނެއެވެ. ބޭރު ގައުމެއްގައި ސިއްހީ ފަރުވާ ހޯދުމަކީ އަގުބޮޑު ކަމެކެވެ. އެކަމަކު އަޔާދީގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް އޮތް ނަމަ, މިފަދަ މެޑިކަލް އެމަޖެންސީތަކުގައި ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހަރަދުތައް ކަވަރުކޮށްދޭނެއެވެ.

މި ފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ވަގުތުން އެކަން އަޔާދީ ތަކާފުލްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ [މައިއެލައިޑް ޕޯޓަލް[(https://myallied.mv/type/hajj-umrah-ayady/new) މެދުވެރިކޮށް އަންގަން ވާނެއެވެ. އޭރުން އެކަމުގައި ކުރިއަށް ދަންވީ ގޮތުގެ އިރުޝާދުތައް އަޔާދީއިން ފޯރުކޮށްދޭނެ އެވެ.

ހައްޖަށް ދިއުމަށް ފުރާ ދުވަސް ގާތްވަމުންދާއިރު އަޔާދީއިން ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް ބައްލަވައިގަންނަންވީ ނޫންތޯ އެވެ. ސިއްހީ ކުއްލި ހާލަތްތަކުގެ އިތުރުން އަތުގައި އޮތް ޕާސްޕޯޓު ނުވަތަ ދަބަސް ނުވަތަ އަގުހުރި އެއްޗެއް ގެއްލިއްޖެނަމަ އެކަމުގެ ބަދަލުވެސް މި ތަކާފުލް ޕްލޭނުން ލިބޭނެ އެވެ.

މި ޕްލޭނަކީ ދެ މަސް ދުވަހުގެ މުއްދަތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ޕްލޭނެކެވެ. އަގަކީ ބޮލަކަށް އެންމެ 1,000 ރުފިޔާ އެވެ. އަދި ކޮވިޑް-19 ޖެހިގެން ކުރަންޖެހޭ ހަރަދުތަކަށް އޮޕްޝަނަލް ކަވަރޭޖެއް ވެސް އިތުރު 250 ރުފިޔާ ދައްކާލައިގެން ޕްލޭނުގެ ދަށުން ލިބޭނެ އެވެ. އެލައިޑަށް ފޯމު ހުށަހަޅައިގެން ނުވަތަ އެއަށްވުރެ މާ ފަސޭހަކަމާއެކު "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅައިގެން ވެސް މި ތަކާފުލް ޕްލޭން ބައްލަވައިގަންނަންވީ އެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯ އެކެވެ.