ތުލުސްދޫ

ޕާޓީތަކަށް ނާކާމިޔާބު، ތުލުސްދޫ ގޮނޑި އަމިއްލަ ކެންޑިޑޭޓަށް

މިއަދު އޮތް ކ. ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރި އައިޝަތު ރަޝާދު އިންތިހާބު ކާމިޔާބު ކޮށްފި އެވެ.

ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ހަތަރު ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ ޕީޕީއެމުން ފާތިމަތު ނަދާ އެވެ. އެމްއާރްއެމް އިން ސަލީމާ އަބްދުލް ލަތީފެވެ. އެމްޑީޕީން މަރިޔަމް ނަހުޒާ އެވެ. އަމިއްލަ ގޮތުން އާއިޝަތު ރަޝާދު އެވެ. އިންތިހާބު ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި އާއިޝަތު ރަޝާދެވެ. އޭނާ ވަނީ 300 ވޯޓް ހޯދާފައެވެ. ނަދާއަށް 225 ވޯޓް ލިބިފައިވާއިރު ސަލީމާއަށް ލިބުނީ 54 ވޯޓެވެ. އަދި ނަހުޒާއަށް 46 ވޯޓެވެ.

އައިޝަތު ރަޝާދަކީ ކުރީން ޕީޕީއެމްގެ މެންބަރެކެވެ. މި އިންތިހާބަށް އެ ޕާޓީން ބޭއްވި ޕްރައިމަރީގައިވެސް އޭނާ ވާދަކުރި އެވެ. ނަމަވެސް ޕްރައިމަރީން ބަލި ވީއެވެ. އެ ދުވަހު އޭނާ ވަނީ ޕްރައިމަރީން ހޮވުނު ކެންްޑިޑޭޓަށް މަރުހަބާ ކިޔާ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމުމަށް ފަހު އައިޝަތު ރަޝާދު ވަނީ އެ ވީޑިއޯއަކީ ކ އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލް މަޖުބޫރު ކޮށްގެން ނަގާފައިވާ ވީޑިއޯއެއް ކަމަށް ބުނެފައެވެ.