މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

Jul 3, 2022

ދެ ފުލުހަކަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ މުއްދަތު ޖަހާފައިވަނީ އއ. ތޮއްޑޫ، ފޮރިންވިލާ އުމުރުން 21 އަހަރުގެ ޝާރިހު އަލީ އަށެވެ.

އޭނާ އަށް ތުހުމަތުކުރަނީ ޑިއުޓީގައި ތިބި ދެ ފުލުހަކަށް އިންޒާރުދީ ބިރު ދެއްކުމުގެ ތުހުމަތެވެ.

ފުލުހުން ބުނީ ޝާރިހު ވަނީ ދެ ފުލުހެއްގެ ހާޒިރުގައި އެހެން ދެ ފުލުހަކަށް މަރުގެ އިންޒާރު ދީފައި ކަމަށެވެ. އެކަމަކު ޝާރިހު ވަނީ ކޯޓުގައި ފުލުހުންގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.

ޝާރިހުގެ ބަންދަށް ކޯޓުން މުއްދަތު ޖެހީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދުގައި ބަހައްޓަން ކޯޓަށް ފެނުމުންނެވެ.