މޯލްޑިވްސް ޕޮލިސް ސާވިސް

މިސްކިތްތަކުން ފަންކާ ވަގަށް ނަގަމުންދިޔަ މީހާ ހައްޔަރުކޮށްފި

މިސްކިތަކުން ފަންކާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އަތުން ފެނުނު ފަންކާއަކީ މިސްކިތުން ވަގަށް ނަގާފައިވާ ފަންކާއެއް ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވޭ ކަމަށް އައިއޯ ވަނީ ބުނެފަ އެވެ.

މިސްކިތަކުން ފަންކާ ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި ދަރުމަވަންތަ މިސްކިތުން ފެން މޯޓަރެއްވެސް ވަގަށް ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.