މަސްތުވާތަކެތި

މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ބަޔަކު ހައްޔަރުކޮށްފި

މީގެ ކުރިން މައްސަލައެއްގައި އަތުލައިގަތް މަސްތުވާތަކެތި --
0%
0%
0%

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސައްޑާމް ހުސައިން (30އ) އަދި އެމް.ޑީ ތަމަންނާ (31އ) އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ އެމް.ޑީ ތަމަންނާގެ ލަގެޖުންނެވެ. އެ ތަކެއްޗަކީ އޭނާއާ މީހަކު ހަވާލުކުރި ތަކެތި ކަމަށް ވަނީ ބުނެފަ އެވެ.

ސައްޑާމް ހުސައިން އަކީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން އެތަކެއްޗާއި ހަވާލުވާން އައި މީހާ އެވެ. އެ މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރަންވެގެން ގެނައި ތަކެތި ކަމަށް ސީންގައި ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މި ދެ މީހުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910