މަސްތުވާތަކެތި

ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގައި ކޯޓަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގައި ކޯޓަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފޮޓޯއާއި ވަނަވަރު އާންމުކޮށް ފުލުހުން ހޯދަމުން ދަނީ މ. ރިހިވިދުވަރު، އަސްއަދު އަލީ (31 އ) އެވެ.

އަސްއަދު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އެވެ.

ކްރިމިނަލް ކޯޓުން ވަނީ އަސްއަދު ބަންދުގައި ބަހައްޓައިގެން މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

އަސްއަދުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ވީހާވެސް އަވަހަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.