މަސްތުވާތަކެތި

ދިރުވާލައިގެން ޑްރަގްސް އެތެރެކުރި ދެ މީހުންނާ ދެކޮޅަށް ދައުވާކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިންނާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

މިމައްސަލައިގައި ހިމެނޭ ދެ ދިވެހިންނަކީ، ނ. މަނަދޫ ޕީކޮކް، އިހްސާން އިސްހާގު އަދި މއ. ސޭބޫ، މުހައްމަދު ފާރިޝް އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ތިބޭތާ ދުވަސްކޮޅެއް ވެފައިވާއިރު، އެންމެ ފަހުން ދެ މީހުންގެ ބަންދަށްވެސް ޖެހީ 30 ދުވަހެވެ.

އެންމެ ފަހުގެ ބަންދު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުންގެ މައްޗަށް ދައުވާ ކުރީ މިދިޔަ ހަފްތާގަ އެވެ.

ދެ މީހުން ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި ތަކެތި ހޯދީ އެ ދެ މީހުން އެޑްމިޓްކޮށްފައި ބައިތިއްބައިގެން އެ މީހުން ބޮޑުކަމުދިޔުމުންނެވެ.

މި ދެ މީހުންގެ ބޭންކް އެކައުންޓްގެ ޓްރާންސެކްޝަންތައްވެސް ފުލުހުން އަންނަނީ ދިރާސާ ކުރަމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ދެ މީހުން ހައްޔަރުކުރުމުގެ ކުރިން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހަކާ ދިވެއްސެއްވެސް ހައްޔަރުކޮށްފައިވެ އެވެ.