މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުގެ ހާލުގައި ހުއްޓާ ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފި

މަސްތުވެ މާލޭ މަގުމަތީގައި އުޅެނިކޮށް ރޭ ހައްޔަކުރި އިންޑިއާ މީހާ ދޫކޮށްލައިފި އެވެ.

މީހާ މަސްތުގެ ހާލުގައި ހުރުމުންް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ އެ މީހާ ދޫކޮށްލީ ކޯޓުން ކަމަށެވެ. ކޯޓުން އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުންނެވެ.

އެ މީހާ ހައްުޔަރު އުޅުމުން އޭނާ ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއްވެސް ދައްކާފައެވެ. އަދި ފުލުހުންނަށް އަމާޒުކޮށްވެސް ހުތުރު ވައްތަރު ޖައްސާ ހުތުރު ބަހުން ވާހަކަ ދެއްކިއެވެ. އޭނާ އަކީ ރާއްޖޭގައި ހާއްސަ ރައްކާތެރި ކަމެއް ލިބިފައިވާ މީހެއް ކަމަށްވެސް ފުލުހުންނަށް ނިސްބަތްކޮށް ބުނެފައިވެއެވެ.