ބޮލީވުޑް

ޕީޕަލްސް ޗޮއިސް އެވޯޑްސްއިން ޕްރިޔަންކާއަށް އެވޯޑެއް

Jan 7, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް އޭނާ މިހާރު ކުޅެމުން އަންނަ އެމެރިކަން ޓީވީ ޝޯ 'ކުއަންޓިކޯ" އިން ޕީޕަލްސް ޗޮއިސް އެވޮޑްގެ އެންމެ ފޭވަރިކްޓް އެކްޓްރެސްއަކަށް ހޮވިއްޖެ އެވެެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދައްކަން ފެށި މިސީރީސްއިން ޕްރިޔަންކާ އަށް އެވޯޑް ލިބިފައިވަނީ ފެވަރިޓް އެކްޓްރެސް އިން އަ ނިއު ޓީވީ ސީރީޒްގެ ކެޓަގަރީންނެވެ.

އޮންލައިންކޮށް ވޯޓްދީގެން ވަނަތަކަށް ދާ ފަރާތްތައް ހޮވާއިރު، މިކެޓަގަރީން ޕަރިޔަންކާ އަށް އެއްވަނަ ލިބިފައިވަނީ އޭނާއާއެކު ވާދަކުރި މަޝްހޫރު ހޮލީވުޑްގެ ތަރިން ފަހަތަށް ޖައްސާލުމަށްފަހު އެވެ. މިއެވޯޑަށް ވާދަކުރި ތަރިންނަކީ އެމާ ރޮބާޓްސް، ޖެމީ ލީ ކާޓިސް، ލީ މިޝެއިލް އާއި މާސިއާ ގޭ ހާޑެން ހިމެނެ އެވެ.

ރޭ ލޮސް އެންޖެލިސްގއި ބޭއްވި އެވޯޑް ހަފްލާގައި މިއެވޯޑް ލިބުމުން އުފަލުން ފޮޅިފައިހުރި ޕްރިޔަންކާ ވަނީ އޭނާ އަށް ވޯޓްކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

"ކުއަންޓިކޯ" ގައި ޕްރިޔަންކާ ކުޅެނީ އެލެކްސް ޕެރިޝް ކިޔާ، ގޮތް ނޭނގޭ މާޒީއެއް އޮންނަ، އެފްބީއައި އެޖެންޓަކަށް ވުމަށް ރެކްރޫޓްވާ އަންހެނެއްގެ ރޯލެވެ. އަދި މިޝޯއަކީ ވާޖީނިއާގެ ކުއަންޓިކޯ ބޭސްގައި މި މީހުން ތަމްރީނު ހަދަމުންދާއިރު ކުރެވޭ އެކިއެކި ތަޖުރިބާތަކާއި ދިމާވާ ހާދިސާތަކެވެ. އަދި އެމީހުންގެ މާޒީގެ ސިއްރުތަކާ އަލުން ކުރިމަތިލާން ޖެހުމުން ދިމާވާ މައްސަލަތަކެވެ.

"ކުއަންޓިކޯ"ގެ ފުރަތަމަ ސީޒަނުގައި ދައްކާގޮތަށް ހަމަޖެހިފައިއޮތ އެންމެ ފުރަތަމަ 13 އެޕިސޯޑް ނަމަވެސް، ޝޯއަށް ލިބުނު ބޮޑު ކާމިޔާބުގެ ސަބަބުން ޝޯ އުފައްދާ އޭބީސީ އިން މިހާރު ވަނީ އިތުރު 22 އެޕިސޯޑެއް ފުރަތަަމަ ސީޒަންގައި ހިމަނަން ނިންމާފަ އެވެ.